"މި އަހަރު ފިތުރު ޒަކާތުގެ ގޮތުގައި މިހާތަނަށް ޖުމުލަ 14 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ އިރު، މިއީ މިހާތަނަށް ފިތުރު ޒަކާތުގެ ގޮތުގައި އެންމެ ގިނައިން ފައިސާ ލިބިފައިވާ އަހަރު،" ޒަކާތު ހައުސްއިން ބުންޏެވެ.

ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ތިބި މީހުންނަށް 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފިތުރު ޒަކާތުގެ ގޮތުގައި ބޮލަކަށް 6000ރ. ބަހައިފި އެވެ.
މޯލްޑިވްސް ޒަކާތު ހައުސްއިން މިއަދު ބުނީ މިއީ މިހާތަނަށް ރާއްޖޭގައި ހަމަހަމަކޮށް ފިތުރު ޒަކާތް ބެހުމުގައި، ބޮލަކަށް އެންމެ ގިނަ އަދަދަކަށް ފިތުރު ޒަކާތް ބެހި އަހަރު ކަމަށެވެ.
ޒަކާތް ލިބުނު ފަރާތްތަކުގެ ތެރޭގައި، ޒަކާތް ހައްގުވާ ކެޓެގަރީތަކުގެ ދަށުން ހިމެނުނު 62 ފަގީރު ޔަތީމުންވެސް ހިމެނޭ ކަމަށް ޒަކާތު ހައުސްއިން ބުންޏެވެ.
"މި އަހަރު ފިތުރު ޒަކާތުގެ ގޮތުގައި މިހާތަނަށް ޖުމުލަ 14 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ އިރު، މިއީ މިހާތަނަށް ފިތުރު ޒަކާތުގެ ގޮތުގައި އެންމެ ގިނައިން ފައިސާ ލިބިފައިވާ އަހަރު،" ޒަކާތު ހައުސްއިން ބުންޏެވެ.
އެ ފައިސާގެ ތެރެއިން ފަގީރުންނާއި މިސްކީނުންނަށް ބެހުމަށް ކަނޑައަޅާފައިވަނީ 13.8 މިލިއަން ރުފިޔާ އެވެ.
މިއަހަރު ހަތް އޮންލައިން ޕޯޓަލްއަކުން ފިތުރު ޒަކާތް ބަލައިގެންފައިވެއެވެ. އަދި އޮންލައިންކޮށް ޒަކާތް ދައްކަން އުނދަގޫ މީހުންނަށް ނަގުދު ފައިސާއިން ޒަކާތް ދެއްކޭނެ އިންތިޒާމްތައްވެސް ވަނީ ހަމަޖައްސައިފަ އެވެ.