"މި 15 ގެވެސް ހުސްކުރަން ޖެހުނީ ބޯ ދުމުގެ ސަބަބުން. މި ހާދިސާގެ އަސަރުކޮށްގެން 7 ފަރާތަކަށް ހޮސްޕިޓަލުން ފަރުވާ ދެވުނު. މިހުރިހާ ފަރާތެއްގެވެސް ހާލު ސްޓޭބަލް،" އެންޑީއެމްއޭ އިން ބުންޏެވެ.

މާފަންނުގައި ހުންނަ ކުރީގެ ޑްރަގް ކޯޓާ ޖެހިގެން ހުރި ކެމިކަލް ގުދަނެއްގައި ރޯވެ، ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ސަރަހައްދުގައި ހުރި 10 ގެއެއްގެ 77 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި އެވެ.
ރޯވެ އަނދާ އަޅިއަށްވެފައި ވަނީ އެކިކަހަލަ ކެމިކަލާއި ގަސް ކާނާ އެތެރެކުރާ ޕްރައިމް ފާޓިލައިޒާގެ ގުދަނެއްގަ އެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް (އެންޑީއެމްއޭ) އިން ބުނީ ރޭގެ 2:30 އާ ހަމައަށް ޖުމްލަ 15 ގެއަކުން 454 މީހުން އިވެކުއޭޝަން ސެންޓަރުގައި ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. އެއީ 69 އަންހެނުނާއި 385 ފިރިހެނުންނެވެ. އޭގެ ތެރޭގައި 302 ބިދޭސީން ހިމެނެ އެވެ.
"މި 15 ގެވެސް ހުސްކުރަން ޖެހުނީ ބޯ ދުމުގެ ސަބަބުން. މި ހާދިސާގެ އަސަރުކޮށްގެން 7 ފަރާތަކަށް ހޮސްޕިޓަލުން ފަރުވާ ދެވުނު. މިހުރިހާ ފަރާތެއްގެވެސް ހާލު ސްޓޭބަލް،" އެންޑީއެމްއޭ އިން ބުންޏެވެ.
އަދި ވަގުތީ ގޮތުން އެހީތެރިކަން ބޭނުންވާ 10 ގެއެއްގެ 77 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވެ އެވެ. 280 ބިދޭސީއަކު އެމީހުންގެ ވެރިފަރާތާ ހަވާލުކޮށްފައިވެއެވެ. އަދި 20 ބިދޭސީއަކު ދިވެހި ރެޑް ކެރެސެންޓާ ހަވާލުކޮށްފައިވާ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.
އެ ސަރަހައްދުގައި ދިރިއުޅެމުންދިޔަ ބައެއް އާއިލާތަކުން ވަނީ އާއިލީ އެހެން ގޭގެއަށްވެސް ބަދަލުވެފަ އެވެ.
މި އަލިފާނުގެ ހާދިސާގައި ގުދަނުގައި ހުރި ސާމާނާއެކު ތަން ވަނީ ބޭނުން ނުކުރެވޭ ވަރަށަ އަނދާ ހުލިވެފަ އެވެ.