ޓްރަމްޕަށް ސިހުން، ދެން އިތުރަށް އިސްރާއިލުން އީރާނުގެ ހަކަތައަށް ހަމައެއް ނުދޭނެ

ސޯޝަލް މީޑިއާ ޕްލެޓްފޯމް 'ޓްރުތް ސޯޝަލް' ގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، އިސްރާއީލުން އިތުރަށް އީރާނުގެ ހަކަތަ އުފައްދާ ސަރަހައްދުތަކަށް ހަމަލާ ނުދޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

އީރާނުން ދިން ހަމަލާގައި ގަތަރުގައި ހުންނަ ގޭސް ޕްލާންޓު ގޮވަނީ

އީރާނުގެ "ސައުތު ޕާސް" ގޭސް ފީލްޑަށް އިސްރާއިލުން ދިން ހަމަލާގެ ބަދަލުގައި އީރާނުން ގަތަރުގައި ހުންނަ އެމެރިކާގެ ގޭސް އުފައްދާ ކާރުހާނާއަށް ހަމަލާ ދިނުމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއަށް ސިހުން ލިބިއްޖެ އެވެ. 

ސޯޝަލް މީޑިއާ ޕްލެޓްފޯމް 'ޓްރުތް ސޯޝަލް' ގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، އިސްރާއީލުން އިތުރަށް އީރާނުގެ ހަކަތަ އުފައްދާ ސަރަހައްދުތަކަށް ހަމަލާ ނުދޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. ނަމަވެސް، އީރާނުން ގަތަރުގެ "ރަސް ލައްފާން" އިންޑަސްޓްރިއަލް ސިޓީއަށް ދިން ހަމަލާތަކާ ގުޅިގެން ޓްރަމްޕް ވަނީ ވަރަށް، ހައިރާންގެ ބޮޑަށް ކޯފާވެފައި ކަމަށް މާރިހުން ދަނީ ބުނަމުންނެވެ. 

މިދިޔަ ބުދަ ދުވަހު އިސްރާއީލުން ވަނީ އީރާނުގެ ސައުތު ޕާސް ގޭސް ފީލްޑަށް ވައިގެ ހަމަލާތަކެއް ދީފަ އެވެ. މި ހަމަލާއަކީ އެމެރިކާ އަށް އެނގުމަކާ ނުލައި އިސްރާއީލުން އިސްނަގައިގެން ދިން ހަމަލާއެއް ކަމަށް ޓްރަމްޕް ވިދާޅުވެފައިވެ އެވެ. 

ގަތަރުގެ ގޭސް އުފައްދާ މަރުކަޒުތަކަށް އީރާނުން ދެމުންދާ ހަމަލާތައް ތަކުރާރުކޮށްފި ނަމަ، އީރާނުގެ އެންމެ ބޮޑު ގޭސް ފީލްޑް ކަމަށްވާ "ސައުތު ޕާސް" އެއްކޮށް ހަލާކުކޮށްލާނެ ކަމުގެ ހަރުކަށި އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ދެއްވާފަ އެވެ. 

"އީރާނުން މޮޔަވެގެން ގަތަރަށް އިތުރު ހަމަލާއެއް ދީފި ނަމަ، އެމެރިކާއިން އިސްރާއީލުގެ އެހީއާ އެކު ނުވަތަ އެހީއާ ނުލާވެސް ސައުތު ޕާސް ގޭސް ފީލްޑް އެއްކޮށް ގޮއްވާލާނަން. އެއީ އީރާނުން ދުވަހަކުވެސް ނުދެކޭ ފަދަ ބާރުގަދަ ހަމަލާއަކަށް ވާނެ،" ޓްރަމްޕް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.