މިމަހު ޓޫރިޒަމް ދަށްވިނަމަވެސް މުޅި އަހަރަށް %5.1 އިތުރު

ތަފާސްހިސާބުތަކަށް ބަލާއިރު، މިމަހުގ 16 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ވަނީ 553,698 އަށް އަރާފައެވެ.

ނުފުރިފައި ތިބި ޓޫރިސްޓުންތަކެއް ވީއައިއޭގައި -- ދައުރު ފޮޓޯ

މި މަހުގެ މިހާތަނަށް ޓޫރިސްޓުން އަންނަ އަދަދު ދަށްވިނަމަވެސް މުޅި އަހަރަށް ބަލާއިރު %5.1 ގެ ކުރިއެރުމެއްގައި އޮތްކަމަށް ދައްކައިިފި އެވެ. 

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިމަހުގ 16 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ވަނީ 553,698 އަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައިސްފައިވާ 535,781 ޓޫރިސްޓުންނާ އަޅާބަލާއިރު 5.1 އިންސައްތައިގެ ކުރިއެރުމެކެވެ

ޓޫރިސްޓުން އެންމެ ގިނައިން އައި ފަސް ގައުމު

  •  ޗައިނާ - 86,464 ފަތުރުވެރިން (15.6 އިންސައްތަ ހިއްސާ)
  •  ރަޝިޔާ - 66,960 ފަތުރުވެރިން (12.1 އިންސައްތަ ހިއްސާ)
  •  ޔޫ.ކޭ - 53,077 ފަތުރުވެރިން (9.6 އިންސައްތަ ހިއްސާ)
  •  އިޓަލީ - 52,632 ފަތުރުވެރިން (9.5 އިންސައްތަ ހިއްސާ)
  •  ޖަރުމަނުވިލާތް - 35,811 ފަތުރުވެރިން (6.5 އިންސައްތަ ހިއްސާ)

ޓޫރިސްޓުން ރާއްޖެއަށް އެތެރެވުމުގައި އެންމެ ބޮޑު ހިއްސާއެއް އޮތީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. އެއީ ޖުމްލަ 549,476 ފަތުރުވެރިންނާއެކު 97.6 އިންސައްތަ ހިއްސާ އެވެ. މީގެ އިތުރުން މާފަރު އިންޓަނޭޝަނަލް އެއާޕޯޓުން 2,093 ފަތުރުވެރިން އަދި ގަން އިންޓަނޭޝަނަލް އެއާޕޯޓުން 2,148 ފަތުރުވެރިން ރާއްޖެއަށް އެތެރެވެފައިވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.