ހިޓާޗީ ދިވެހިންނާއެކު 25 އަަހަރު | އިތުބާރާއެކު، ދިވެހިންގެ މަގުބޫލު ބްރޭންޑަކަށް

ފާއިތުވި 25 އަހަރަށް ވުރެ ގިނަ ދުވަހު މެދުކެނޑުމެއް ނެތި ދިވެހި ގޭބިސީތަކަށް ޚިދުމަތް ދެމުން އަންނަ މި ބްރޭންޑަކީ އޭގެ ދިގުދެމިގެންވާ ފެންވަރާއި ވަރުގަދަކަމަށްޓަކައި މަޝްހޫރުވެފައިވާ ބްރޭންޑެކެވެ.

އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން ދިވެހިރާއްޖޭގެ ބާޒާރުގައި ވިއްކަމުންދާ ކޮލިޓީ މޮޅު އިލެކްޓްރޯނިކްސް ސާމާނުތަކުގެ ތެރެއިން، ހިޓާޗީ ބްރޭންޑުގެ ރެފުރިޖުރޭޓަރުތަކަކީ މިއަދު ދިވެހިންގެ އިތުބާރު އެންމެ ބޮޑަށް ހޯދާފައިވާ އެއް އުފެއްދުމެވެ.

ފާއިތުވި 25 އަހަރަށް ވުރެ ގިނަ ދުވަހު މެދުކެނޑުމެއް ނެތި ދިވެހި ގޭބިސީތަކަށް ޚިދުމަތް ދެމުން އަންނަ މި ބްރޭންޑަކީ އޭގެ ދިގުދެމިގެންވާ ފެންވަރާއި ވަރުގަދަކަމަށްޓަކައި މަޝްހޫރުވެފައިވާ ބްރޭންޑެކެވެ.

ދިވެހިންގެ ތެރޭގައި ހިޓާޗީ ރެފުރިޖުރޭޓަރު މިހާ ބޮޑަށް މަގުބޫލުވެފައިވާ މައިގަނޑު ސަބަބަކީ، ރާއްޖޭގެ ހޫނުމިނާއި މާހައުލާ ގުޅޭގޮތަށް، ގިނަ ދުވަހު ހަލާކުނުވެ ބޭނުންކުރެވޭ ފަދަ މޮޅު ފެންވަރަކަށް އުފައްދާފައިވާތީއެވެ. މިގޮތުން، މީގެ 25 އަހަރު ކުރިން ބޭނުންކުރަން ފެށި ބައެއް ރެފުރިޖުރޭޓަރުތައް އަދިވެސް ބައެއް ގޭގޭގައި ބޭނުންކުރަމުންދާކަމީ މި ބްރޭންޑަށް އޮތް އިތުބާރު ހާމަކޮށްދޭ ކަމެކެވެ.

ހިޓާޗީ ރެފުރިޖުރޭޓަރުތަކުގެ އެންމެ ފަހުގެ މޮޑެލްތަކަކީ އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ފަރުމާކުރެވިފައިވާ އުފެއްދުންތަކެކެވެ. މީގެ ތެރޭގައި ކަރަންޓު ޚަރަދު ކުޑަކޮށްދޭ 'އިންވާޓާ' ޓެކްނޮލޮޖީއާއި، ތަކެތި ތާޒާކަންމަތީ ގިނަ ދުވަހު ބެހެއްޓުމަށް އެހީތެރިވެދޭ 'ވެކިއުމް ކޮމްޕާޓްމަންޓް' ފަދަ ސިފަތައް ހިމެނެއެވެ. މީގެ އިތުރުން، ތަފާތު ސައިޒުތަކާއި ކުލަތަކުގައި ލިބެން ހުރުމަކީ ކޮންމެ ކަހަލަ ބަދިގެއަކާވެސް ގުޅޭ ފުރިހަމަ ފަރުމާތަކެއް މި ބްރޭންޑުން ލިބިގެންދާ ސަބަބެކެވެ.

ޒަމާނީ ޓެކްނޮލޮޖީއާއެކު ދިވެހި ބާޒާރަށް އަންނަ ބަދަލުތަކާއެކުވެސް، ހިޓާޗީ ވަނީ އެ ބްރޭންޑުގެ ވަރުގަދަ ނަން ދަމަހައްޓާފައެވެ. މިއަދު ދިވެހި ކޮންމެ އާއިލާއަކުންވެސް އާ ރެފުރިޖުރޭޓަރެއް ގަންނަން ބޭނުންވާއިރު، އެންމެ ފުރަތަމަ ލިސްޓަށް އަންނަނީ ހިޓާޗީގެ ނަމެވެ. އެއީ އޭގެ ފެންވަރާއި، އިތުބާރާއި، އަދި ޒަމާނީ ވަސީލަތްތަކުގެ ސަބަބުންނެވެ.

ދުނިޔޭގައި ވެސް ނަން މަޝްހޫރު ހިޓާޗީ ބްރޭންޑުގެ ރެފުރިޖަރޭޓަރު ތަކަކީ ގިނަ އޭގެ ޑިޒައިންއަށާއި އެކި ސިފަތަކުގެ ސަބަބުން ގިނަ އެވޯޑްތައްވެސް ހާސިލް ކުރަމުން އަންނަ އުފެއްދުންތަކެކެވެ. އެގޮތުން ހިޓާޗީގެ 'ސްކައިލައިން ސައިޑް ބައި ސައިޑް' ރެފުރިޖަރޭޓަރަށް ވަނީ 'އައި އެފް' ގެ ޑިޒައިން އެވޯޑް ލިބިފައެވެ. އަދި 2025 ވަނަ އަހަރު ރީޑަރޒް ޑައިޖެސްޓް ޓްރަސްޓެޑް ބްރޭންޑް ގެ ގޯލްޑް އެވަރޑް ވެސް ލިބިފައި ވަނީ ހިޓާޗީ ރެފުރިޖަރޭޓަރަށެވެ.

ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގެ ކޮންމެ ގެއަކަށް ބެލިކަމުގައިވިޔަސް، ހިޓާޗީއަކީ ހަމައެކަނި ބްރޭންޑެއް ނޫނެވެ. އެއީ ދިވެހިންގެ ދިރިއުޅުމުގެ މުހިންމު ބައިވެރިއެކެވެ.

ހިޓާޗީ ބްރޭންޑުގެ އެންމެ ފަހުގެ އުފެއްދުންތައް އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން ދިވެހިންގެ ގެތަކަށް ފޯރުކޮށްދެމުން ދާއިރު މި ހުރިހާ އުފެއްދުންތަކެއް މިހާރު އެސްޓީއޯ ޕީޕަލްސް ޗޮއިސް މާލެ އަދި އެސްޓީއޯ ޕީޕަލްސް ޗޮއިސް ހުޅުމާލޭ ފޭސް 1 ގެ އައުޓްލެޓުން ލިބެން ހުންނާނެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.