އީރާނުގެ ގޭހަށް ހަމަލާ ދިނުން | ބަދަލު ހިފަން ޑްރޯން އާއި މިސައިލްގެ ހަމަލާއިން ސިހުން

އިސްރާއިލުން އިއްޔެ ވަނީ އީރާނުގެ ސައުތު ފާރްސް ގޭސްފީލްޑަށް ހަމަލާ ދީފަ އެވެ. މި ހަމަލާއެކު އީރާނުންވަނީ ސައުދީ އަރަބިއްޔާ، ޔޫއޭއީ އަދި ގަތަރުގެ ފަސް މަރުކަޒަކަށް ހަމަލާދޭނެ ކަމަށް ބުނެ އެ ތަންތަނުގައި ތިބި މީހުން ހުސްކުރަން އަންގާފަ އެވެ.

އީރާނުގެ ކަތައިގެ ނިޒާމަށް އިސްރާއިލުން ހަމަލާ ދިނުމުން ބަދަލު ހިފުމުގެ ގޮތުން ގަލްފްގެ ގަމުމުތާއި އިސްރާއިލަށް ޑްރޯން އާއި މިސައިލުން ހަމަލާ ދީ ސިހުން ގެނުވައިފި އެވެ. 

އިސްރާއިލުން އިއްޔެ ވަނީ އީރާނުގެ ސައުތު ފާރްސް ގޭސްފީލްޑަށް ހަމަލާ ދީފަ އެވެ. މި ހަމަލާއެކު އީރާނުންވަނީ ސައުދީ އަރަބިއްޔާ، ޔޫއޭއީ އަދި ގަތަރުގެ ފަސް މަރުކަޒަކަށް ހަމަލާދޭނެ ކަމަށް ބުނެ އެ ތަންތަނުގައި ތިބި މީހުން ހުސްކުރަން އަންގާފަ އެވެ. މި އިންޒާރަށް މަދު ގަޑިއިރު ކޮޅެއްގެ ފަހުން ވަނީ ޑްރޯން އާއި މިސައިލުން ހަމަލާތަކެއް ދީފަ އެވެ. 

ހަމަލާ އަމާޒުވި ތަންތަން

  • ސައުދީ އަރަބިއްޔާގެ ސަމްރެފް ސަމްރީފް ރިފައިނަރީ އާއި ޖުބައިލް ޕެޓްރޯކެމިކަލް ކޮމްޕްލެކްސް
  • ޔޫއޭއޫފެ އަލް ހޮސްން ގޭސްފީލްޑު
  • ގަތަރުގެ ރަސް ލައްފާން ރިފައިނަރީ އާއި މެސައީދު ޕެޓްރޯކެމިކަލް ކޮމްޕްލެކްސް

މިހަމަލާތަކުގައި މި ތަންތަނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. ގަތަރުގެ އެންމެ ބޮޑު ގޭސް އުފައްދާ މަރުކަޒު ކަމަށްވާ ރަސްލައްފާން އިންޑަސްޓްރިއަލް ސިޓީއަށް އީރާނުން ދިން މިސައިލް ހަމަލާތަކެއްގައި އެ ތަނަށް ބޮޑެތި ގެއްލުން ތަކެއް ލިބިފައިވާ ކަމަށް ގަތަރު އެނާޖީން ވަނީ ބުނެފިއެވެ.

ދުނިޔޭގެ އެންމެ ބޮޑު އެލް.އެން.ޖީ ނުވަތަ ކައްކާ ގޭސް އުފައްދާ ކުންފުނިން ބުނި ގޮތުގައި، ބުދަ ދުވަހު ދިން މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ. އަދި އެ ސަރަހައްދުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންގެ ރައްކާތެރިކަން މިހާރު ކަށަވަރު ކުރެވިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.

މި ހަމަލާ އައިސްފައިވަނީ އީރާނު ބަލިކަށިވެއްޖެކަމަށް އެމެރިކާއިން އަޑުއަރުވާފައި ވަނިކޮށެވެ. ނަމަވެސް އީރާނުން ރޭ ވަނީ ޑްރޯން އާއި މިސައިލް ބޭނުންކޮށްފަ އެވެ. އަދި ގަލްފް ގައުމުތަކުގެ އިތުރުން އިސްރާއިލަށްވެސް ހަމަލާ ދީފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.