މިރޭ އަލިފާން ރޯވެފައި ވަނީ މާފަންނު ފުލޫނިޔާމަގުގައި ހުންނަ ގުދަނެއްގަ އެވެ. އެއީ ތައިބާ މިސްކިތް ކައިރީ ހުރި ގުދަނެކެވެ.

މިއީ މިއަދު މާލޭގައި މިފަދަ ހާދިސާއެއް ހިނގި ދެވަނަ ފަހަރެވެ.
މިރޭ އަލިފާން ރޯވެފައި ވަނީ މާފަންނު ފުލޫނިޔާމަގުގައި ހުންނަ ގުދަނެއްގަ އެވެ. އެއީ ތައިބާ މިސްކިތް ކައިރީ ހުރި ގުދަނެކެވެ.
ފުލުހުން ބުނީ އެ ސަރަހައްދުގައި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްއިން މިހާރު އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އަލިފާންގަނޑު ކޮންޓްރޯލްވެފައެއް ނުވެ އެވެ.
މިއަދު ހެނދުނުވެސް ވަނީ ގުދަނެއްގައި ރޯވެފައެވެ. އެއީ ގަލޮޅު ސަހަރާ ކައިރީ ހުރި ގުދަނެކެވެ. އެތަން ވަނީ އަނދާ އަޅިއަށް ވެފަ އެވެ.