އިޒްރޭލުން އީރާނުގެ ގޭސްފީލްޑަށް ހަމަލާދީ، ގަލްފުގެ ތެޔޮ ވަސީލަތްތައް ނުރައްކަލުގެ ތެރެއަށް

އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން ބުނިގޮތުގައި، ކުރިއަށް އޮތް މަދު ގަޑިއިރުތަކެއްގެ ތެރޭގައި ސައުދީ އަރަބިއްޔާ، ޔޫއޭއީ އަދި ގަތަރުގެ ފަސް މަރުކަޒަކަށް ހަމަލާ އަމާޒުވާނެ އެވެ.

އީރާނުގެ ސައުތު ފާރްސް ގޭސްފީލްޑަށް ހަަމަލާ ދިނުމުން އަނދަނީ

އިޒްރޭލުން އީރާނުގެ ދެކުނުގައި އޮންނަ ސައުތު ފާރްސް ގޭސްފީލްޑަށް ވަރުގަދަ ހަމަލާތަކެއް ދިނުމާ ގުޅިގެން، ރައްދުގައި އަރަބި ގަލްފުގެ ގައުމުތަކުގައި ހުރި ތެލާއި ގޭހުގެ މުހިންމު ވަސީލަތްތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި އެވެ.

އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން ބުނިގޮތުގައި، ކުރިއަށް އޮތް މަދު ގަޑިއިރުތަކެއްގެ ތެރޭގައި ސައުދީ އަރަބިއްޔާ، ޔޫއޭއީ އަދި ގަތަރުގެ ފަސް މަރުކަޒަކަށް ހަމަލާ އަމާޒުވާނެ އެވެ. އެ ތަންތަނުގެ ތެރޭގައި ހިމެނެނީ ސައުދީ އަރަބިއްޔާ: ސަމްރެފް ސަމްރީފް ރިފައިނަރީ އާއި ޖުބައިލް ޕެޓްރޯކެމިކަލް ކޮމްޕްލެކްސް އަދި ޔޫއޭއޫފެ އަލް ހޮސްން ގޭސްފީލްޑު އަދި 
ގަތަރުގެ ރަސް ލައްފާން ރިފައިނަރީ އާއި މެސައީދު ޕެޓްރޯކެމިކަލް ކޮމްޕްލެކްސް އެވެ. 

ދިޔަ ފެބްރުއަރީ 28 އިން ފެށިގެން އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި، އީރާނުގެ އެންމެ ބޮޑު ގޭސްފީލްޑް ކަމަށްވާ ސައުތު ފާރްސް އަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އީރާނުގެ ޕެޓްރޯލިއަމް މިނިސްޓްރީން ބުނިގޮތުގައި މި ހަމަލާގައި ބައެއް ވަސީލަތްތަކަށް ގެއްލުންވި ނަމަވެސް، އެއްވެސް މީހަކު މަރުވިކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

ގަތަރުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މާޖިދު އަލް އަންސާރީ ވަނީ އިޒްރޭލުގެ މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. އޭނާ ވިދާޅުވީ ހަކަތައިގެ ވަސީލަތްތަކަށް ހަމަލާދިނުމަކީ މުޅި ދުނިޔޭގެ ހަކަތައިގެ ރައްކާތެރިކަމަށް އޮތް ނުރައްކަލެއް ކަމަށެވެ. މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ. ވަކިން ހާއްސަކޮށް، ދުނިޔޭގެ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ ހޯރްމޫޒް ކަނޑުއޮޅި އީރާނުން ބަންދުކުރުމާ ގުޅިގެން އިގްތިސާދީ ބޮޑު ނުތަނަވަސްކަމެއް ވަނީ އުފެދިފައެ

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.