ރަޝިއާ މާހިރުން ތިބި އީރާނުގެ ނިއުކްލިއާ ޕްލާންޓެއް ކައިރިއަށް ހަމަލާ ދީފި

އިޒްރޭލުގެ ނޫސްތަކުގައިވާ ގޮތުން މޮސްކޯއިން އިޒްރޭލުގައި ހުންނަ އެ ގައުމުގެ އެމްބަސީ މެދުވެރިކޮށް މި މައްސަލާގައި ރަސްމީކޮށް ވަނީ ނުރުން ފާޅުކޮށްފަ އެވެ.

ރަޝިއާ ސައިންޓިސްޓުން ތިބި އީރާނުގެ ބޫޝެހެރު ނިއުކްލިއާ ޕްލާންޓް ކައިރިއަށް އިސްރާއިލުން ހަމަލާ ދިނުމުން، ރަޝިއާއިން ރަސްމީކޮށް ޝަކުވާކޮށްފި އެވެ. 

އިޒްރޭލުގެ ނޫސްތަކުގައިވާ ގޮތުން މޮސްކޯއިން އިޒްރޭލުގައި ހުންނަ އެ ގައުމުގެ އެމްބަސީ މެދުވެރިކޮށް މި މައްސަލާގައި ރަސްމީކޮށް ވަނީ ނުރުން ފާޅުކޮށްފަ އެވެ. އަދި މި ރަޝިއާއިން މިގޮތަށް އަމަލުކޮށްފައިވަބީ މި ޕްލާންޓް ހިންގުމުގައި ހަރަކާތްތެރިވާ ރަޝިޔާގެ މާހިރުން ދިރިއުޅޭ ސަރަހައްދާ ވަރަށް ކައިރިއަށް ހަމަލާ އަމާޒުވުމާ ގުޅިގެންނެވެ.

ރަޝިޔާއިން ބުނި ގޮތުގައި އެ ގައުމުގެ މުވައްޒަފުން ތިބޭ ތަންތަނުގެ މައުލޫމާތު އިޒްރޭލަށް ކުރިންވެސް އޮތީ އެނގިފައެވެ. އަދި އެ މީހުން ދިރިއުޅޭ އިމާރާތްތަކާ ދާދި ގާތަށް ހަމަލާދިނުމަކީ ސަލާމަތީ ގޮތުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް ރަޝިޔާގެ މަސްދަރުތަކުން ބުނެ އެވެ. ނަމަވެސް، އެ އިމާރާތްތަކަށް ސީދާ ހަމަލާއެއް އެރިކަމެއް ނުވަތަ ނޫންކަމެއް އަދި ސާފެއް ނުވެއެވެ.

ބޫޝެހެރު ސިޓީގެ އިރުދެކުނުން 17 ކިލޯމީޓަރު ދުރުގައި ހުންނަ މި ނިއުކްލިއާ ޕްލާންޓަކީ އީރާނުގައި ހުރި މަދަނީ ބޭނުންތަކަށް ހަކަތަ އުފައްދާ ހަމައެކަނި މަރުކަޒެވެ. 2011 ވަނަ އަހަރު ހުޅުވި މި ޕްލާންޓް ހިންގަނީ ރަޝިޔާގެ ފަންނީ އެހީތެރިކަމާއި ރަޝިޔާގެ އަންދާ ތެޔޮ ބޭނުންކޮށްގެންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.