ހަނދެއް ނުފެނުނު، މާދަމާ ފަހު ރޯދަ، އީދު ދުވަހަކީ ހުކުރު

އެހެން ކަމުން ރަމަޟާން މަހާއި ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުމަށް ރާއްޖޭގައި އަމަލު ކުރަން ހަމަޖެހިފައިވާ އުސޫލުގެ މަތީން މާދަމާ އަކީ މި އަހަރުގެ ރަމަޟާން މަހުގެ ފަހު ދުވަސް ކަމަށް ކަނޑައަޅާ ކަމަށެވެ.

އީދަށް ހާއްސަކޮށް ބަހައްޓާފައި ހުރި މޮނިއުމަންޓެއް: އީދަކީ ހުކުރު ދުވަސް

މި އަހަރުގެ ރަމަޟާން މަހުގެ ފަހު ދުވަހަކީ މާދަމާ ކަމަށާއި އަދި ފިތުރު އީދު ދުވަހަކީ އަންނަ ހުކުރު ދުވަސް ކަމަށް ކަނޑައަޅާ އިސްލާމިކް މިނިސްޓްރީން އެކަން ރަސްމީކޮށް އިއުލާނު ކޮށްފި އެވެ.

މި އަހަރުގެ ޝައްވާލު މަހުގެ ހަނދާ ބެހޭ ގޮތުން ގޮތް ނިންމަން ބޭއްވި ފަލަކީ ކޮމެޓީގެ ބައްދަލްވުމަށް ފަހު އިސްލާމިކް މިނިސްޓްރީން މިރޭ އާންމުކުރި ބަޔާނެއްގައި ބުނީ، ރާއްޖޭގެ އެއްވެސް ސަރަހައްދަކަށް ޝައްވާލު މަހުގެ ހަނދު ފެނިފައި ނުވާ ކަމަށެވެ.

ހަނދާ ބެހޭ ބަޔާނުގައި ބުނެފައި ވަނީ މިއަދު އިރު އޮއްސުނުއިރު ރާއްޖޭގެ އެއްވެސް ރަށަކަށް އަދި އިސްލާމީ އެއްވެސް ގައުމަކަށް ޝައްވާލު މަހުގެ ހަނދު ފެނުނުކަން ޝަރުއީ ހަމަތަކުގެ މަތީން ސާބިތު ނުވާތީއާ އިސްލާމީ އެއްވެސް ގައުމަކަށް މިރޭ ހަނދު ފެންމަތި ނުވާނެ ކަމަށް އިތުބާރުހުރި ފަލަކީ ހިސާބުތަކުން ކަށަވަރުވާ ކަމަށެވެ. 

އެހެން ކަމުން ރަމަޟާން މަހާއި ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުމަށް ރާއްޖޭގައި އަމަލު ކުރަން ހަމަޖެހިފައިވާ އުސޫލުގެ މަތީން މާދަމާ އަކީ މި އަހަރުގެ ރަމަޟާން މަހުގެ ފަހު ދުވަސް ކަމަށް ކަނޑައަޅާ ކަމަށެވެ.

މާދަމާއަކީ ރަމަޟާން މަހުގެ 30 ވަނަ ދުވަހު އެވެ. ސައުދީ ސަރުކާރުން ވެސް ވަނީ ޝައްވާލު މަހުގެ ހަނދު ނުފެންނަ ކަން އިއުލާނުކޮށް، މާދަމާއަކީ މި އަހަރުގެ ރަމަޟާން މަހުގެ ފަހު ދުވަސް ކަމަށާއި، މާޗް 20ވާ ހުކުރު ދުވަހަކީ މި އަހަރުގެ ފިތުރު އީދު ދުވަސް ކަމަށް ކަނޑައަޅާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.