އެފޯޑަބަލް ހޯމްއޯނާޝިޕް | ހުޅުމާލޭގައި 1،000 ޔުނިޓު އަޅާނެ ބަޔަކު ހޯދަން ލުއިތަކެއް

އެ މިނިސްޓްރީން މިދިޔަ މަހުގެ 24ގައި ކުރި އިއުލާނުގެ ރިކުއެސްޓް ފޮ ޕްރޮޕޯސަލް (އާރުއެފްޕީ)އަށް ބައެއް އިސްލާހުތައް ގެނެސް މިއަދު ވަނީ އަލުން ގެޒެޓުކޮށްފަ އެވެ.

ހުޅުމާލެ

ސަރުކާރުގެ އެފޯޑަބަލް ހޯމް އޯނާޝިޕް ސްކީމުގެ ދަށުން، ހުޅުމާލޭ ފޭސް 3 ގައި އަޅަން ހަމަޖެހިފައިވާ 1،000 ހައުސިން ޔުނިޓުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން ލުއިތަކެއް ދީ، އަލުން އިއުލާނުކޮށްފި އެވެ.

އެ މިނިސްޓްރީން މިދިޔަ މަހުގެ 24ގައި ކުރި އިއުލާނުގެ ރިކުއެސްޓް ފޮ ޕްރޮޕޯސަލް (އާރުއެފްޕީ)އަށް ބައެއް އިސްލާހުތައް ގެނެސް މިއަދު ވަނީ އަލުން ގެޒެޓުކޮށްފަ އެވެ.

ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ދިވެހި ކުންފުނިތަކަށް ހުޅުވާލައިގެން، ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕް އުސޫލުގެ ދަށުން ހިންގާ މަޝްރޫއުގެ އާރުއެފްޕީގައި މީގެކުރިން ހިމަނާފައިވާ ގަންނަ މީހުންނަށް ޑިވެލޮޕަރު އިންޝުއަރެންސް ފޯރުކޮށްދޭން ޖެހޭ ގޮތަށް އޮތް ބައިތައް މިހާރު ވަނީ އުނިކޮށްފަ އެވެ.

މީގެ އިތުރުން، ހޭދަވާ އަގުގެ %100 މަސައްކަތް ކުރާ ކުންފުނިން ކަވަރު ކުރާނެ ކަމުގެ ޕްރޫފް އޮފް ފަންޑް ހުށަހަޅަން ޖެހޭ ޖެހުން ބަދަލުކޮށް، މިހާރު ވަނީ ލެޓާ އޮފް ކޮމްފޯޓު ހުށަހަޅަން ޖެހޭ ގޮތަށް އިސްލާހުކޮށްފަ އެވެ. 

މި މަޝްރޫއުގެ ދަށުން، ފޭސް ތިނެއްގެ ފަސް ޕްލޮޓެއްގައި 200 ހައުސިން ޔުނިޓު އަޅަންޖެހޭއިރު، ހައުސިން ޔުނިޓު އަޅަން ބިން ދޫކުރާނީ އެއްވެސް އަގެއް ނުނަގާނެ އެވެ.

މި މަޝްރޫއުގެ ދަށުން 3 ކޮޓަރި (އެންމެ ކުޑަވެގެން 950 އަކަފޫޓު) އަދި 2 ކޮޓަރި (އެންމެ ކުޑަވެގެން 700 އަކަފޫޓު)ގެ ޔުނިޓުތައް އަޅަން ހަމަޖެހިފައިވާއިރު، ތިން ކޮޓަރީގެ އެޕާޓްމަންޓު ވިއްކޭނެ އެންމެ ބޮޑު އަގަކީ 2.3 މިލިއަން ރުފިޔާ އަދި ދެ ކޮޓަރީގެ އެޕާޓްމަންޓެއްގެ އެންމެ ބޮޑު އަގަކީ 1.8 މިލިއަން ރުފިޔާ އެވެ.

ޕްލޮޓު ހަވާލުކުރާ ތާރީހުން ފެށިގެން 30 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި، ޔުނިޓު ގަންނަ މީހުންނާ ހަވާލުކުރަން ޖެހޭއިރު، ޔުނިޓުތައް ވިއްކާނީ މިނިސްޓްރީން ކަނޑައަޅާ ބަޔަކަށެވެ.

މި މަޝްރޫއުއަށް ޝައުގުވެރިވާ ފަރާތްތަކުން، ކަމާގުޅޭ ގޮތުން މި މަހު 22ގެ ނިޔަލަށް މައުލޫމާތު ސާފުކުރަން ހަމަޖައްސާފައިވާއިރު، ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 31 އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.