އީރާނުގެ ހަމަލާތަކުގައި އިސްރާއިލްގެ އަވަށްތައް ގާކުނޑިއަށް

އީރާނުން އެންމެފަހުން ރޭ އިސްރާއިލަށް ދިން ހަމަލާތަައް ވަނީ އެ ގައުމުގައި ޔޫރަޕާއި އެމެރިކާއިން ގާއިމްކޮށްފައިވާ ފަސް ދިފާއީ ނިޒާމު ފޫވެއްޓިފަ އެވެ.

އިސްރާއިލާއި އެމެރިކާއިން އިސްވެ ހަަމަލާ ދިނުމުން އީރާނުން ރަށްދުގައި ދޭ ހަމަލާތަކުގައި އިސްރާއިލްގެ އަވަށްތައް ހަލާކުވެ ވީރާނާ ވެއްޖެ އެވެ. 

އިސްރާއިލުން ވަނީ އީރާނުގެ ހަމަލާތަކުގައި ލިބެމުންދާ ގެއްލުން ފޮރުވަން ހަރުކަށި ފިޔަވަޅު އަޅަމުންނެވެ. މިގޮތުން ދުނިޔޭގެ ބޮޑެތި މީޑިއާތަކަށް ހަރަކާތްތެރި ވެވެނީ ގެއްލުންތައް ސެންސަރު ކުރަން އެއްބަސްވާނަމަ އެވެ. ނަމަވެސް ސޯޝަލް މީޑިއާއަށް ބައެއް މަންޒަރުތައް އާއްމުވަމުންދާއިރު ބޮޑެތި ގެއްލުންތަކެއް ވެފައިވާކަަމަށް ވަނީ ބެލެވިފަ އެވެ. ގިނަ އަދަދެއްގެ އަވަށްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވަމުންނެވެ.

އީރާނުން އެންމެފަހުން ރޭ އިސްރާއިލަށް ދިން ހަމަލާތަައް ވަނީ އެ ގައުމުގައި ޔޫރަޕާއި އެމެރިކާއިން ގާއިމްކޮށްފައިވާ ފަސް ދިފާއީ ނިޒާމު ފޫވެއްޓިފަ އެވެ. އަދި ރޭއެކަނި 200 އެއްހާ މީހުން ޒަހަމްވެފައިވާ ކަމަށް އިސްރާއިލުން ވަނީ އެއްބަސްވެފަ އެވެ. 

އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ އަލީ ލަރީޖާނީ ޝަހީދުކޮށްލުމުގެ ބަދަލު ހިފުމުގެ ގޮތުން ރޭ އީރާނުން ދިން ހަމަލާތަކުގައި އިސްރާއިލްގެ ސިފައިންގެ ގިނަ ބަޔަކު ވެސް ވަނީ މަރުވެފަ އެވެ. ނަމަވެސް އިސްރާއިލުން ވަނީ އެކަން ދޮގުކޮށްފަ އެވެ. އެ ގައުމުން ބުނީ މުސްކުޅި ދެމަފިރިން އެކަނި ކަމަށެވެ. އަދި މިކަން ސާބިތުކޮށްދޭން އެ ގައުމުން ދަނީ އިރާނުގެ މިސައިލްގެ ބައިތައް ހުސް ބިންތަކަށް ވެއްޓޭ މަންޒަރު ފެންނަ ވީޑިއޯތައް އާއްމު ކުރަމުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.