އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމެއް އަދި ސާފެއް ނުވެ އެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމެއް އަދި ސާފެއް ނުވެ އެވެ.
އެމްއެންޑީއެފް އިން ވަނީ ގުދަނެއްގައި ރޯވެގެން ފަޔާ އެންޑް ރެސްކިއު ސާވިސް އިން ހަރަކާތްތެރިވަމުން އަންނަ ކަން ކަށަވަރު ކޮށްދީފަ އެވެ. މި ތަނުގެ މަތީގައި ހުންނަނީ ގުދަނެކެވެ. އަދި ތިރިއަކީ ކޮފީޝޮޕެކެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯ އިން ފެންނަ ގޮތުގައި އެ ހާދިސާ ހިނގާފައި ވަނީ ހުވަފެނީ ގޯޅި ތެރޭގައި ހުރި ގުދަނެއްގަ އެވެ. އެ ގުދަނުން އަލިފާންގަނޑާއެކު ބޯކޮށް ދުން އަރާ މަންޒަރު ފެނެ އެވެ.
އަލިފާނުގެ ހާދިސާއެއް ހިނގިއިރު ރޭ ދަންވަރުވެސް ވަނީ ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިންގައި ކޮޓަރިއެއްގައި ހުރި ސާމާނަށް ގެއްލުންވެފަ އެވެ.