ރާއްޖޭގައި ގްލޯބަލް މަނީވީކް ފާހަގަ ކުރަނީ މިމަހުގެ 18 އިން 22 ގެ ނިޔަލަށެވެ. މި ހަރަކާތުގައި މި އަދު ހާއްސަ ޑައިލޮގެއް އޮންނާނެ އެވެ.

ކުޑަކުދިންނާއި ޒުވާނުން މާލީ ކަންކަމަށް ހޭލުންތެރިކުރުވުމަށް ދުނިޔޭގެ ފެންވަރުގައި ކޮންމެ އަހަރަކު ވެސް ފާހަގަ ކުރާ ގްލޯބަލް މަނީވީކްގެ ގިނަ ހަރަކާތްތަކެއް ހިންގަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ތައްޔާރުވެއްޖެ އެވެ.
ގްލޯބަލް މަނީވީކް ރާއްޖޭގައި ފާހަގަ ކުރަން ފަށާފައިވަނީ 2014 އިން ފެށިގެން މިހާތަނަށް ހަ ހަރަކާތެއް ކުރިއަށް ގެންދެވިފައިވާ ކަމަށާ ނަމަވެސް މިދިޔަ ދެ އަހަރު ކުޑަމަޑުޖެހުމަކަށްފަހު މި އަހަރުން ފެށިގެން ކުލަގަދަކޮށް ހިންގަން ފަަށަން ވަނީ ނިންމާފަ އެވެ. މިފަހަރު އާ ފެށުމަކާއެކު ފަށައިގަތީ ނޭޝަނަލް ފައިނޭންޝަަލް ސްޓްރެޓެޖީގައި ހިމެނޭ ކަންތައްތަކާއެކުގަ އެވެ.
އޯގަނައިޒޭޝަން ފޯ އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޑިވެލޮޕްމަންޓް (އޯއައިޑީސީ) ފާހަގަ ކުރަނީ މިމަހުގެ 16 އިން 22 ގެ ނިޔަލަށެވެ.
މި އަހަރުގެ މަނީވީކްގެ ޝިއާރަކީ "ސްމާޓް މަނީ ޓޯކްސް" އެވެ. މިއީ މާލީ ކަންކަމުގައި ފާޅުގައި ވާހަކަ ދެއްކުމާއި އެކަން ސާފު ކުރުމެވެ، ނަމަވެސް މި ކެމްޕޭންގެ ތެރޭން އެމްއެމްއޭއިން މިފަދަ މައްސަލަތައް ހައްލު ކުރާނެ ގޮތްވެސް ޒުވާނުންނާއި ކުދިންނަށް ކިޔައިދޭނެ އެވެ.