ސްރީލަންކަން އެއާލައިންސްގެ ގްރައުންޑް ހޭންޑްލިންގް 16.9 މިލިއަން ޑޮލަރަށް އެމްއޭސީއެލްއަށް

ލަންކާގެ ނޫސްތަކުން ބުނެފައިވާ ގޮތުން ވީއައިއޭގައި ސްރީލަންކަންގެ ގްރައުންޑް ހޭންޑިލިންގެ ހިދުމަތް އެމްއޭސީއެލްއަށް ދޭން ނިންމީ ހުށަހަޅާފައިވާ ޕްރޮޕޯސަލްއަކާ ގުޅިގެންނެވެ.

ސްރީލަންކަން އެއާލައިންގެ ފްލައިޓެއް އައްޑޫގައި -- ސްރީލަންކަން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ސްރީލަންކަން އެއާލައިންސަށް ބޭނުންވާ ގްރައުންޑް ހޭންޑްލިންގް ހިދުމަތް ދޭން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށް 16.9 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 260 މިލިއަން ރުފިޔާ) އަށް ހަވާލު ކުރަން އެ ގައުމުގެ ސަރުކާރުން ހުއްދަ ދީފި އެވެ.

ލަންކާގެ ނޫސްތަކުގައިވާ ގޮތުން ކެބިނެޓުން މި ނިންމުން ނިންމާފައިވަނީ މިހާރު އޮތް އެއްބަސްވުން މިމަހުގެ 31 ގެ ނިޔަލަށް ހަމަވާތީ އެވެ. 

ސްރީލަންކާގެ މިނިސްޓަރ އޮފް ޕޯޓްސް އެންޑް ސިވިލް އޭވިއޭޝަން ހުށަހެޅުއްވި ޕްރޮޕޯސަލަކަށް ރިއާޔަތްކޮށް، މި ކޮންޓްރެކްޓް ދިނުމަށް ނިންމާފައިވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށެވެ. މިއީ ރާއްޖޭގައި ގްރައުންޑް ހޭންޑިލްންގެ ހިދުމަތް ދޭ ކުންފުނިންނެވެ. 

އެއްބަސްވުމުގެ މުހިންމު ބައިތައް

  • އަގު - 16.19 މިލިއަން އެމެރިކާ ޑޮލަރު
  • މުއްދަތު - 3 އަހަރު ދުވަސް (1 އެޕްރީލް 2026 އިން ފެށިގެން).
  • ސަބަބު 9 ވީއައިއޭގައި މި ހިދުމަތް ދިނުމުގެ ހުއްދަ އޮތް ހަމައެކަނި ފަރާތަކީ އެމްއޭސީއެލްއަށްވުން

ލަންކާގެ ނޫސްތަކުގައިވާ ގޮތުން މި ނިންމުމަކީ ސްރީލަންކާގެ ހައި-ލެވެލް ސްޓޭންޑިންގް ޕްރޮކިއުމަންޓް ކޮމިޓީގެ ލަފާގެ މަތިންނެވެ. މީގެ ސަބަބުން ރާއްޖެއަކީ ސްރީލަންކަން އެއާލައިންސަށް މުހިންމު މަންޒިލަކަށް ވާއިރު، އެ އެއާލައިންގެ އޮޕަރޭޝަންތައް އެއްވެސް މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމަށް މަގުފަހިވާނެއެވެ.

ސްރީލަންކަން އެއާލައިންއަކީ ރާއްޖެއަށް އެންމެ ފުރަތަމަ ޓޫރިސްޓުން ގެންނަން ފެށި އެއް އެއާލައިނެވެ. ލަންކާގެ ގައުމީ އެއާލައިންގެ ހިދުމަތަށް 50 އަހަރު ވަނީ ވެފަ އެވެ. މި އެއާލައިންއިން ދަނީ ވީއައިއޭގެ އިތުރުން ގަމަށްވެސް ޝެޑިއުލް ދަތުރުތައް ކުރަމުންނެވެ. ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އުފުލާ އެއާލައިންތަކުގެ ލިސްޓުގެ ގަދަ 10 އެއްގައި ސްރީލަންކަން އެއާލައިންސް އާންމުކޮށް ހިމެނެއެވެ. ގާތްގަނޑަކަށް 4% އާއި 6% އާ ދެމެދުގެ މާކެޓް ޝެއާއެއް މި އެއާލައިން އޮޕަރޭޓް ކުރެއެވެ.  އަހަރަކު ގާތްގަނޑަކަށް 80,000 އާއި 100,000 އާ ދެމެދުގެ އަދަދަކަށް ޓޫރިސްޓުން ސްރީލަންކަން އެއާލައިންސް މެދުވެރިކޮށް ރާއްޖެ ގެނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.