ހިރިމަރަދޫ މީހުންނަށް ހަނިމާދޫން ގޯތި ދޭން އުޅޭ މައްސަލައިގައި ކައުންސިލުން ފުލުހަށް

ނަމަވެސް ހަނިމާދޫ ރައްޔިތުން ދެކޮޅު ހަދަމުންދަނީ އެރަށު ރައްޔިތުންނަށް ގޯތި ދޫނުކޮށް، އެހެން ބަޔަކަށް ގޯތި ނުދެވޭނެ ކަމަށް ބުނެ އެވެ. އެކަމުގެ ކަންބޮޑުވުމާއެކު ހަނިމާދޫ ކައުންސިލުން ވަނީ ފުލުހަށް މައްސަލަ ހުށަހަޅާފަ އެވެ.

ހދ. ހަނިމާދޫ --

ހދ. ހިރިމަރަދޫ ރައްޔިތުން ހދ. ހަނިމާދޫއަށް ބަދަލުކޮށް، އެރަށުން ބިން ދޫކުރުމާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތަކަށް މަދަނީ ގޮތުން ގާނޫނީ ހައްލެއް ހޯދުމަށް ފުލުހުންގެ ފަރާތުން އެރަށު ކައުންސިލަށް އިރުޝާދުދީފި އެވެ.

ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރަން ނިންމަވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ގަރާރު ނެރުއްވީ މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު އެވެ. ރައީސް ނިންމަވާފައި ވަނީ ހަނިމާދޫއަށް ބަދަލުކުރާއިރު، ހިރިމަރަދޫ ރައްޔިތުންނަށް ގޯތި ވެސް ދޫކުރުމަށެވެ.

ނަމަވެސް ހަނިމާދޫ ރައްޔިތުން ދެކޮޅު ހަދަމުންދަނީ އެރަށު ރައްޔިތުންނަށް ގޯތި ދޫނުކޮށް، އެހެން ބަޔަކަށް ގޯތި ނުދެވޭނެ ކަމަށް ބުނެ އެވެ. އެކަމުގެ ކަންބޮޑުވުމާއެކު ހަނިމާދޫ ކައުންސިލުން ވަނީ ފުލުހަށް މައްސަލަ ހުށަހަޅާފަ އެވެ.

ފުލުހުން މިއަދު ބުނީ ހަނިމާދޫން ބިން ދޫކުރުމާ ގުޅޭ ގޮތުން ރަށު ކައުންސިލްގެ ކަންބޮޑުވުންތަކެއް ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

"މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމުން އެނގިފައި ވަނީ، މިއީ އެ މަސައްކަތުގެ މަސްއޫލިއްޔަތު އޮތް ދައުލަތުގެ ދެ މުއައްސަސާއެއްގެ މެދުގައި ހިނގާފައިވާ އިދާރީ މުއާމަލާތްތަކަކާ ގުޅުން ހުރި ކަމެއް ކަމަށް. އަދި މިހާތަނަށް ބެލިބެލުމުން މިކަމުގައި ޖިނާއީ ކުށެއް އެކުލެވިގެންވާކަން ފާހަގަކުރެވިފައެއް ނުވޭ." ފުލުހުންޏެވެ.

އެހެންކަމުން، މި މައްސަލައިގައި ހިމެނޭ ފަރާތްތަކުން މަދަނީ ގޮތުން ގާނޫނީ ހައްލެއް ހޯދުމަށް އިރުޝާދު ދީފައިވާނެ ކަމަށް ފުލުހުން ބުންޏެވެ.

ހިރިމަރަދޫގައި އާބާދީ މަދުކަމުން، އެރަށު މީހުން އެހެން ރަށަކަށް ހިޖުރަކުރަން ބޭނުންވާ ކަމަށް ހުށަހެޅީ އެރަށު ކައުންސިލުންނެވެ.

އެންމެ ފަހުން ހެދި ބޯހިމެނުމުން އެނގޭ ގޮތުގައި ރަށުގެ ދިރިއުޅޭ އާބާދީއަކީ 293 އެވެ. އެއީ 157 ފިރިހެނުންނާއި 136 އަންހެނުންނެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ވެސް ހިރިމަރަދޫގެ އާބާދީ ދަނީ އަހަރުން އަހަރަށް ދަށަށެވެ. އެގޮތުން 2014 ވަނަ އަހަރު ހެދި ބޯހިމެނުމުން ދައްކާ ގޮތުގައި ރަށުގައި ދިރިއުޅޭ އާބާދީއަކީ 314 މީހުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.