އެގޮތުން އެ ކޮޓަރި ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެފައިވާއިރު، އެގޭގެ ދެންހުރި ކޮޓަރިއާއި ސިޓިން ރޫމަށްވެސް ކަޅު ދުމާއި އަލިފާނުގެ އަސަރު ކޮންމެވެސް ވަރަކަށް ކޮށްފައިވާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

ހުޅުމާލޭ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ކޮޓަރިއެއް ބޭނުން ނުކުރެވޭ ވަރަށް އަނދައި އަޅިއަށް ވެއްޖެ އެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ މިއަދު އަލިފާން ރޯވެފައި ވަނީ ހުޅުމާލޭގެ Lot-11395 ގޭގެ ކޮޓަރިއެއްގައި ކަމަށެވެ.
އެގޮތުން އެ ކޮޓަރި ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެފައިވާއިރު، އެގޭގެ ދެންހުރި ކޮޓަރިއާއި ސިޓިން ރޫމަށްވެސް ކަޅު ދުމާއި އަލިފާނުގެ އަސަރު ކޮންމެވެސް ވަރަކަށް ކޮށްފައިވާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.
އެ އޮތޯރިޓީން ވަނީ އެގޭގައި ދިރިއުޅެމުން ދިޔަ ހަތް މީހަކަށް ފަސް ދުވަހުގެ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފަ އެވެ. އަދި ކެއިންބުއިމާއި އަންނައުނުވެސް ހަމަޖައްސައިދީފައިވާ ކަމަށް ބުންޏެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ސާފެއް ނުވެ އެވެ.