ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ ފަޗާޒްގެ ސިއްހީ ހާލަތާ ގުޅިގެން އޭނާ ޖަލު ބަންދުގައި ބަހައްޓައިގެން އެކަށީގެންވާ ގޮތެއްގައި ފަރުވާ ދިނުމަށް ހުރަސްއެޅެމުންދާ ކަމަށް ކަރެކްޝަންސް އިން އަންގާފައިވާ ކަމަށެވެ.

މީގެ ތިން އަހަރު ކުރިން ނ. މަނަދޫ އަންނާރުމާގެ، ނައީމާ މޫސާ، 62، މަރާލި މައްސަލައިގައި ދައުވާ ކޮށްފައިވާ އެރަށު ވިނަރެސް، ހަސަން ފަވާޒު ބަންދުން ދޫކޮށްލައިފި އެވެ.
ނައީމާ މަރާލި މައްސަލައިގައި ދައުލަތުން ދައުވާކޮށްފައި ވަނީ އެރަށު ތިން ޒުވާނުން ކަމަށްވާ ފަވާޒު، އަބްދުލްވާހިދު ރިފާސް އާއި އަހުޒަމް އަބްދުއްޝުކޫރުގެ މައްޗަށެވެ. ތިން މީހުންގެ މައްޗަށް އުފުލާފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގަ ބޭނުން ކުރުމުގެ ކުށުގެ ދައުވާ އަދި އަދުލު އިންސާފު ގާއިމް ކުރަން ހުރަސް އެޅުމުގެ ކުށުގެ ދައުވާ އެވެ.
މި އެންމެންވެސް ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. އެމީހުން ތިބީ ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ ފަޗާޒްގެ ސިއްހީ ހާލަތާ ގުޅިގެން އޭނާ ޖަލު ބަންދުގައި ބަހައްޓައިގެން އެކަށީގެންވާ ގޮތެއްގައި ފަރުވާ ދިނުމަށް ހުރަސްއެޅެމުންދާ ކަމަށް ކަރެކްޝަންސް އިން އަންގާފައިވާ ކަމަށެވެ.
ފަވާޒަކީ ތެލެސީމިއާ ހުންނަ މީހެއްކަމުން، ޖަލުގައި ހުރެގެން ލޭ އެޅުމުގެ ކަންކަން ކުރުމަށް ދަތިތަކަކާ ކުރިމަތިވެ އެވެ.
އެހެންކަމުން ފަވާޒްގެ ބަލިހާލަތާ ގުޅިގެން ޑޮކްޓަރުންގެ ލަފަޔާއި، ބަލީގެ ހައްސާސްކަމަށް ރިއާޔަތްކޮށް، އޭނާއަށް ގާނޫނުއަސާސީގެ 21 ވަނަ މާއްދާއިން ލިބިދީފައިވާ ދިރިހުރުމުގެ ހައްގު ރައްކާތެރިކުރުމަށް އަޅާ ހާއްސަ ފިޔަވަޅެއްގެ ގޮތުން، ހަރުކަށި ޝަރުތުތަކާއެކު ބަންދަށް ލުއިދިނުމަށް އެ އޮފީހުން ކްރިމިނަލް ކޯޓުގައި އެދިފައިވާނެ ކަމަށް ބުންޏެވެ.
އެ ޝަރުތުތަކަކީ؛
ޕީޖީ އޮފީހުން ބުނީ އެ ޝަރުތަކަކަށް ފަވާޒުގެ ފަރާތުން އެއްބަސްވެފައިވާ ކަމަށެވެ. އަދި އޭނާގެ ބަލި ހާލަތަށް ރިއާޔަތްކޮށް އެ އޮފީހުން އެދިފައިވާ ގޮތަށް ޝަރުތުކުރުމަށްފަހު މިއަދު ފަވާޒު ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމާފައިވާ ކަމަށްވެސް ބުންޏެވެ.
އޭނާގެ މައްޗަށް ކޮށްފައިވާ ޝަރުތުތަކާ ހިލާފުވެއްޖެނަމަ، އަލުން ޖަލު ބަންދަށް ބަދަލުކުރުމަށް ޕީޖީ އޮފީހުން ކޯޓުގައި އެދޭނެ އެވެ.
ޕީޖީ އޮފީހުން ތުހުމަތުކުރާ ގޮތުގައި ފަވާޒަކީ ނައީމާގެ މަރުގެ 'މާސްޓާމައިންޑް' އެވެ. އެގޮތުން ނައީމާ މަރާލަން ރާވައި، އެކަމަށް ހިތްވަރާއި އިރުޝާދުދީ، ހުރިހާ އިންތިޒާމްތަކެއް ހަމަޖައްސައިދިނީ ފަވާޒު ކަމަށް މީގެ ކުރިން އެ އޮފީހުން ކޯޓުގައި ބުނެފައިވެ އެވެ.
ނަމަވެސް ފަވާޒު ވަނީ ދައުވާތަކަށް އިންކާރުކޮށްފަ އެވެ.