އީރާނުގެ ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ ލަރީޖާނީ އަވަހާރަކޮށްލައިފި

މި ޚަބަރާ ގުޅިގެން އީރާނުގެ ރަސްމީ އެއްވެސް އިދާރާއަކުން އަދި ސީދާ ޖަވާބެއް ދީފައެއް ނުވެއެވެ.

އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ އަލީ ލަރީޖާނީ -- އޭއެފްޕީ

އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ އަލީ ލަރީޖާނީ، އިސްރާއީލުން ދިން ވަރުގަދަ ހަމަލާއެއްގައި ރޭގެ ވަގުތެއްގައި އަވަހާރަކޮށްލާފައިވާ ކަމަށް އިސްރާއީލުން ބުނެފި އެވެ.

އިސްރާއިލްގެ ހަރުކަށި ޑިފެންސް މިނިސްޓަރު އިސްރާއީލް ކަޓްޒް މިއަދު ވިދާޅުވެފައިވާ ގޮތުގައި ލަރީޖާނީގެ އިތުރުން އީރާނުގެ ބަސީޖް ފޯސްގެ ކޮމާންޑަރުވެސް ވަނީ މި ހަމަލާގައި މަރާލާފައެވެ.ލަރީޖާނީ އާއި ބަސީޖް ކޮމާންޑަރު ރޭ ވަނީ އަވަހާރަކޮށްލާފަ އެވެ. އަވަހާރަކޮށްލާފައިވަނީ ރޭގެ ވަގުރެއްގައި އިސްރާއިލުން ދިން ބޮމުގެ ވަރުގަދަ ހަމަލާއެއްގަ އެވެ. 

މި ޚަބަރާ ގުޅިގެން އީރާނުގެ ރަސްމީ އެއްވެސް އިދާރާއަކުން އަދި ސީދާ ޖަވާބެއް ދީފައެއް ނުވެއެވެ. ނަމަވެސް، އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން ވަނީ ލަރީޖާނީގެ އަތުން ލިޔުއްވާފައިވާ ކަމަށް ބުނާ ނޯޓެއް މިއަދު އާންމުކޮށްފަ އެވެ. 

މާރިޗު 17 (މިއަދު) ގެ ތާރީޚު ޖަހާފައިވާ އެ ސިޓީގައި ވަނީ މަރުވި ކަނޑުގެ ސިފައިންނަށް ތައުޒިޔާ ކިޔާފަ އެވެ. މިއީ ލަރީޖާނީ ދިރިހުރިކަން ދެއްކުމަށް އީރާނުން ކުރި ކަމެއް ކަމަށް ބެލެވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.