އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ކަސްރަތުކުރުމަށާއި، ދުޅަހެޔޮ އަދި ހަރަކާތްތެރި ދިރިއުޅުމެއް ބިނާކުރުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ އެވެ.

އެޗްޑީސީ އިން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ސްޓެލްކޯ ފްލެޓް ސަރަހައްދުގައި އައުޑްޑޯ ޖިމަކާއި ކުޑަކުދިންގެ ޕާކެއް ހެދުމުގެ މަސައްކަތް ފަށައިފި އެވެ.
އެޗްޑީސީ އިން ބުނީ ސްޓެލްކޯ ފުލެޓު ސަރަހައްދުގައި ކުޑަކުދިންގެ ޕާކަކާއި އައުޓްޑޯ ޖިމެއް ގާއިމުކުރުމުގެ މަސައްކަތް އެޗްޑީސީން މިހާރު ދަނީ ކުރިއަށް ގެންދާ ކަމަށެވެ.
އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ކަސްރަތުކުރުމަށާއި، ދުޅަހެޔޮ އަދި ހަރަކާތްތެރި ދިރިއުޅުމެއް ބިނާކުރުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ އެވެ.
ހުޅުމާލެ ބަލަހައްޓާ ކުންފުނިން ދަނީ ގިނަ މަަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ކުޑަކުދިންގެ އުފަލައްޓަކައި ހިނގާ ގިނަ މަސައްކަތްތަކުގައި އެ ކުންފުނިން ބައިވެރިވެ އެވެ.