ޓޫރިޒަމް މައުލޫމާތުތައް ދައްކާ ގޮތުން މިހާތަނަށް ރާއްޖެއަށް ޖުމްލަ 558,137 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 5.6% އިތުރުވުމެކެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް އަންނަ ޑެއިލީ އެރައިވަލް ދަށްވުމަށްފަހު، މި އަދަދު 6،000 އަށްވުރެ މަތިވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީން އިއްޔެ ނިޔަލަށް ނެރުނު ތަފާސް ހިސާބުތައް ދައްކާ ގޮތުން މިހާރު ޑެއިލީ އެރައިވަލް ނުވަތަ ދުވާލެއްގެ މައްޗަށް އަންނަ ޓޫރިސްޓުންގެ އަދަދު އުޅެނީ 6,721 ގަ އެވެ. މިއީ ހަނގުރާމަ ފެށުމާއެކު 4،000 އަށް ދަށްވެގެން ދިޔަ އަދަދެކެވެ.
ޓޫރިޒަމް މައުލޫމާތުތައް ދައްކާ ގޮތުން މިހާތަނަށް ރާއްޖެއަށް ޖުމްލަ 558,137 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 5.6% އިތުރުވުމެކެވެ.
މި މަހުގެ ފުރަތަމަ 15 ދުވަހު އެކަނި ވެސް 76,369 ޓޫރިސްޓުން އައިސްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 20.2% އިތުރުވުމެކެވެ.
ރާއްޖޭގައި މިވަގުތު އޮޕަރޭޝަނުގައި ޖުމްލަ 67,420 އެނދު އެބަހުއްޓެވެ. މީގެ ތެރެއިން އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ރިސޯޓުތަކެވެ.. ދެން އެންމެ ގިނައީ ގެސްޓްހައުސްތަކެވެ. އަދި ޖުމްލަ 1,291 ފެސިލިޓީއެއް މިހާރު އަންނަނީ ހިދުމަތް ދެމުންނެވެ،