އީރާން ހަނގުރާމަ | އެމެރިކާގެ 13 ސިފައިން މަރާލައި، ޒަހަމްވި އަދަދު 200 އަށް

އީރާނުން ވަނީ މެދުއިރުމަތީގައި ހުރި އެމެރިކާގެ ގިނަ ބޭސްތަކުގައި ހުރި ގިނަ އަސްކަރީ ސާމާނު ހަލާކުކޮށްލާފަ އެވެ.

އެމެެރިކާ އާއި އިސްރާއިލުން އިސްވެ ހަމަލާ ދިނުމުން ފެށުނު އީރާން ހަނގުރާމާގައި މިހާތަނަށް އެމެރިކާގެ 13 ސިފައިން މަރުވެ، ޒަޚަމްވި މީހުންގެ އަދަދު 200 އަށް އަރާފައިވާ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން އެއްބަސް ވެއްޖެ އެވެ. 

ރޮއިޓާސް އިން ބުނި ގޮތުގައި އެމެރިކާގެ އޮފިޝަލުން މައުލޫމާތު ދޭ ގޮތުގައި، ސިފައިން ޒަޚަމްވެފައިވަނީ ކުވެއިތު، ސައުދީ އަރަބިއްޔާ، ޔޫއޭއީ، އުރުދުން، ބަހްރޭން، އިރާގު އަދި އިޒްރޭލުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ދިން ހަމަލާތަކުގަ އެވެ. މީގެ ތެރެއިން ގިނަ މީހުންނަށް ލިބިފައިވަނީ ކުދި އަނިޔާތައް ކަމަށްވީ ނަމަވެސް، 10 މީހެއްގެ ހާލު ސީރިއަސް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މި ހަނގުރާމަ ފެށުނުފަހުން އެމެރިކާއަށް ލިބޭ ގެއްލުން ދަނީ އިތުރުވަމުންނެވެ. މިގޮތުން އެ ގައުމުގެ އަސްކަރީ ގިނަ އަދަދެއްގެ އެސްޓް ވަނީ މުޅިން ހަލާކުވެފަ އެވެ. 

އީރާނުން މެދުއިރުމަތީގައި ހުރި އެމެރިކާގެ 27 ބޭހަކަށް ހަމަލާދީ ވަނީ ކުދިކުދި ކޮށްލާފަ އެވެ. އަދި 100 އަށްވުރެ ގިނަ ޑްރޯން ވައްޓާލާފައިވާއިރު، ބައެއް އަސްކަރީ މަތިންދާ ބޯޓުތައްވެސް ވައްޓާލާފައި ހަލާކުކޮށްލާފައިވެ އެވެ. ހަނގުރާމައިގެ ތެރޭގައި އެމެރިކާގެ "އެމްކިއު-9 ރީޕާ" މަރުކާގެ 12 އެއްހާ ޑްރޯން ވައްޓާލާފައިވާ ކަމަށް އެމެރިކާގެ އޮފިޝަލަކު ވަނީ ކަށަވަރުކޮށްދީފައެވެ. މިއީ މާހައުލު ބަލައި ދިރާސާކުރުމަށާއި ހަމަލާ ދިނުމަށް ބޭނުންކުރާ ވަރަށް ފެންވަރު މަތީ އުޅަނދުތަކެކެވެ.

އެމެރިކާ އިން ވަނީ އީރާނުގެ 7,000 އަށްވުރެ ގިނަ އަމާޒުތަކަށް ހަމަލާދީފައެވެ. މީގެ ތެރޭގައި މިސައިލް އުފައްދާ ކާރުޚާނާތަކާއި، މަރުކަޒުތައް ވެސް ހިމެނެ އެވެ. އަދި އެމެރިކާއިން ވަނީ އީރާނުގެ އަސްކަރީ ގާބިލްކަން ބަލިކޮށްލެވިފައިވާ ކަމަށް ބުނެފަ އެވެ. އަދި ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެމެރިކާ މި ހަނގުރާމަ ކާމިޔާބުކޮށްފައިވާ ކަމަށް ބުނެފަ އެވެ. ނަމަވެސް އެ ގައުމުން ވަނީ އީރާނުން ބަންދުކޮށްގެން އެމީހުން ފެންނަ އުޅަނދަކަށް ހުއްދަ ދެމުން ގެންދާ ހުރުމޫޒް ކަނޑުއޮޅި ހުޅުވަން ވެސް ނުކުޅެދިފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.