ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު އެކްސްގައި ވިދާޅުވި ގޮތުގައި މާލޭގެ މަލަމަތި ރީތިކޮށް ތޮއްޖެހިފައިވާ މިމާލޭގައި ހިތްފަސޭހަ މައިޒާންތައް އިތުރުކުރުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ސަރުކާރުގެ ގިނަ އަދަދެއްގެ އޮފީސްތައް ކުރިން ހިންގި ޣާޒީ ބިލްޑިން ހުރި ބިމުގައި ޕާކެއް ހެދުމުގެ މަސައްކަތް އާރުޑީސީ އިން ފަށައިފި އެވެ.
ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު އެކްސްގައި ވިދާޅުވި ގޮތުގައި މާލޭގެ މަލަމަތި ރީތިކޮށް ތޮއްޖެހިފައިވާ މިމާލޭގައި ހިތްފަސޭހަ މައިޒާންތައް އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ޣާޒީ ބިލްޑިންގ ހުރި ބިމުގައި ޕާކެއް ހެދުމުގެ މަސައްކަތް އާރުޑީސީއާ ޙަވާލުކޮށްގެން މިހާރު ދަނީ ކުރަމުންނެވެ.
ހިތް ފަސޭހަ މައިޒާންތަކާއި ޕާކުތައް ތަރައްގީ ކުރުމަކީ ރައީސް ޑރ، މުހައްމަދު މުއިއްޒުގެ ކެމްޕޭން ވައުދުގައި ހިމެނޭ ކަމެކެވެ. އެގޮތުން 32 ރަށެއްގައި ކުޑަކުދިންގެ ޕާކު ތަރައްގީ ކުރުމުގެ މަޝްރޫއު ލޯކަލް ގަވަރުމެންޓް މިނިސްޓްރީން ވަނީ އެޗްޑީސީއާ ހަވާލުކޮށްފަ އެވެ. އަދި ވީރާނާވެފައިވާ ސަލްޓަން ޕާކު ޒަމާނީ ފެންވަރަކަށް ތަރައްގީކޮށް އަންނަ އީދުގައި ހުޅުވާނެއެވެ. މީގެ އިތުރުން ރަސް ފަންނުވެސް ދަނީ ތަރައްގީ ކުރަމުންނެވެ.