ބައްސާމް ގޭބަންދަށް ބަދަލުކުރީ ސާޖަރީއަކަށް، އަނބުރާ ޖަލަށް ގެންގޮސްފި

ކަރެކްކްޝަންސްއިން މިއަދު ބުނީ، ބައްސާމް ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކުރީ އޭނާގެ ސާޖަރީއަކަށްފަހު ޑޮކްޓަރުގެ މެޑިކަލް ލަފާމަތިން، ކަރެކްޝަނުން އެފަދަ ހާލަތުގަ އަމަލް ކުރަން އޮންނަ ގަވާއިދާ އެއްގޮތަށް ކަމަށެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް -- ފޮޓޯ: މިހާރު

ފީފާއިން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އަށް ފޮނުވި 1.2 މިލިއަން ޑޮލަރަށް ހިޔާނާތްތެރިވެ، އެފައިސާ ލޯންޑާކުރިކަން ސާބިތުވެފައިވާ އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގޭބަންދަށް ބަދަލުކުރީ ސާޖަރީއަކަށް ކަމަށާއި، އޭނާ މީހާރު އަނބުރާ ޖަލަށް ބަދަލުކޮށްފައިވާ ކަމަށް ކަރެކްޝަންސްއިން ބުނެފި އެވެ.

ހިޔާނާތްތެރިވުމުގެ ދައުވާ އާއި މަނީލޯންޑަރިންގެ އިތުރުން ދައުވާއެއް ބައްސާމްގެ މައްޗަށް އުފުލާފައި ވަނީ ކޮވިޑް-19 ރިލީފް ލޯނެއްގެ ގޮތުން ކްލަބުތަކަށް ދިނުމަށް ފީފާއިން ފޮނުވި ފައިސާއަށް ހިޔާނާތްތެރިވެފައިވާތީ އެވެ.

އޭނާއަށް ވަނީ ޖުމްލަ 32 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.

ކަރެކްކްޝަންސްއިން މިއަދު ބުނީ، ބައްސާމް ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކުރީ އޭނާގެ ސާޖަރީއަކަށްފަހު ޑޮކްޓަރުގެ މެޑިކަލް ލަފާމަތިން، ކަރެކްޝަނުން އެފަދަ ހާލަތުގަ އަމަލް ކުރަން އޮންނަ ގަވާއިދާ އެއްގޮތަށް ކަމަށެވެ.

"އަދި ޖަލުގައި މިވަގުތު ބަހައްޓައިގެން ސާޖަރީއަށްފަހު ދޭ ފަރުވާއަށް އަވަސްކޮށް ގެންދެވޭނެ އިންތިޒާމް ހަމަޖެހުމުން އޭނާ ވަނީ ޖަލަށް ބަދަލުކުރެވިފައި،" ކަރެކްޝަންސްއިން ބުންޏެވެ.

ހިޔާނާތާއި މަނީލޯންޑަރިންގެ މައްސަލަތަކާ ގުޅިގެން ބައްސާމް އަމިން އެވެނިއުއިން ގަނެފައިވާ ދެ އެޕާޓްމެންޓެއް ވެސް ފުލުހުން ވަނީ ހިފަހައްޓައިފަ އެވެ. އެ މައްސަލައާ ގުޅިގެން އަމިން ކޮންސްޓްރަކްޝަން ކުންފުންޏާއި އިތުރު ބައެއްގެ މައްޗަށް ވެސް ދައުލަތުން ދައުވާކުރެ އެވެ.

ނަމަވެސް އަމިން ކުންފުނީގެ މައްޗަށް އެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން އެ މައްސަލަ ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.