ރާއްޖެ-އިންޑިއާ އެފްޓީއޭގެ މަޝްވަރާ ފެށުމުގެ ޓީއޯއާރުގައި ސޮއިކޮށްފި

އިންޑިއާގެ ކޮމާސް މިނިސްޓްރީން ބުނީ، ރާއްޖެއާއެކު ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ)އެއް އެކުލަވާލުމުގެ މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ބޭނުންވާ އޮނިގަނޑާއި އުސޫލުތައް ކަނޑައަޅައި ޓީއޯއާރުގައި ސޮއިކޮށްފައިވާ ކަމަށެވެ.

ރައީސް މުއިއްޒު އާއި އިންޑިއާގެ ބޮޑު ވަޒީރު މޯދީ ހަނދާނީ ހަދިޔާއެއް ބަދަލު ކުރަނީ -- ރައީސް އޮފީސް

ރާއްޖެ އާއި އިންޑިއާ ދެމެދު އެކުލަވައިލަން ނިންމާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާތައް ފެށުމަށް ބޭނުންވާ ޓާމްސް އޮފް ރިފަރެންސް (ޓީއޯއާރު)ގައި ސޮއިކޮށްފި އެވެ.

އިންޑިއާގެ ކޮމާސް މިނިސްޓްރީން ބުނީ، ރާއްޖެއާއެކު ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ)އެއް އެކުލަވާލުމުގެ މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ބޭނުންވާ އޮނިގަނޑާއި އުސޫލުތައް ކަނޑައަޅައި ޓީއޯއާރުގައި ސޮއިކޮށްފައިވާ ކަމަށެވެ. 

ނަމަވެސް، އެކަމާ ގުޅޭ އިތުރު ތަފްސީލެއް ދީފައެއް ނުވެ އެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ނުވަތަ މިނިވަން ވިޔަފާރި ފެށުމަށް ރަސްމީ މަޝްވަރާތައް ފެށުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، މިދިޔަ ޖުލައި މަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގަ އެވެ.

ރާއްޖޭން މިހާރު ދަނީ ޗައިނާ އާއެކު އެފްޓީއޭއަކަށް އަމަލުކުރަމުންނެވެ.

އަދި ތުރުކީ އާއެކު ވެސް ރާއްޖޭން ވަނީ ޕްރިފެރެންޝަލް ޓްރޭޑް އެގްރީމެންޓެއްގައި ސޮއިކޮށް އަމަލުކުރަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.