މިހާރު ރާއްޖެއަށް ތެޔޮ އެތެރެކުރަނީ 2017 ގައި ނެގި ފެސިލިޓީއަކުން

މި ފެސިލީޓީގައި 2017 ގައި ސޮއިކުރީ މިހާރުގެ ގަވަރުނަރު އަހުމަދު މުނައްވަރެވެ. އޭރު އެއީ ރާއްޖޭގެ ފިނޭންސް މިނިސްޓަރެވެ. އޭގެފަހުން ފެސިލީޓީއާ ކުރީ 2022 ގަ އެވެ. އެފަހަރު ސޮއިކުރީ އޭރު މިނިސްޓަރު އަމީރެވެ.

ފެސިލިޓީގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގައި އޭރުގެ އެސްޓީއޯގެ އެމްޑީ ޝަހީރު އަދި ފިނޭންސް އާއި އެމްއެމްއޭގެ އިސްވެރިން -- ސައުދީ ގެޒެޓް

ރާއްޖެއަށް އޮމާނުން މިހާރު ތެޔޮ ގެންނަނީ އެމްޑީޕީ ސަރުކާރުގައި ޤާއިމުކޮށްފައިވާ ފެސިލިޓީއަކުން ކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް މިއީ 2017 ވަނަ އަހަރު، މިހާރުގެ ގަވަރުނަރު އަހުމަދު މުނައްވަރު ފިނޭންސް މިނިސްޓަރުކަމުގައި ނެގި ފެސިލިޓީއެއްކަން ހާމަ ވެއްޖެ އެވެ. 

އެނގިފައިވާ ގޮތުގައި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ) އާއި އިންޓަރނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އާ ދެމެދު މުރާބަހާ ފެސިލިޓީގެ އެއްބަސްވުމެއްގެ ދަށުން ނެގި ފެސިލީޓީ އާކޮށްފައިވަނީ 2022 ވަނަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގަ އެވެ.

އެސްޓީީއޯ އާއި އައިޓީއެފްސީ އާ ދެމެދު 100 މިލިއަން އެމެރިކާ ޑޮލަރުގެ މުރާބަހާ ފައިނޭންސިން އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ 28 ޑިސެމްބަރު 2017 ވަނަ ދުވަހު އެވެ، މި ފައިނޭންސިންގ ފެސިލިޓީއަކީ 2017 ވަނަ އަހަރުގެ މެއި މަހު ބޭއްވުނު އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) ގްރޫޕުގެ 42 ވަނަ އަހަރީ ބައްދަލުވުމުގެ ހަވާސާގައި، އޭރުގެ މިނިސްޓަރު އޮފް ފައިނޭންސް އެންޑް ޓްރެޜަރީ އަދި މިހާރުގެ އެމްއެމްއޭ ގަވަރުނަރު އަޙްމަދު މުނައްވަރާއި އައި.ޑީ.ބީ ގްރޫޕުގެ އިސް ބޭފުޅުންނާއެކު ކުރެވުނު މުހިންމު މަޝްވަރާތަކުގެ ނަތީޖާއެކެވެ.

އައިޓީއެފްސީ އަކީ އައިޑީބީ ގްރޫޕުގައި ހިމެނޭ، ސަރުކާރުތަކަށް ބޭނުންވާ މާލީ ވަސީލަތްތައް ހޯދައިދިނުމަށާއި، އޯއައިސީގެ މެންބަރު ޤައުމުތަކުގެ މެދުގައި ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް ޚާއްޞަ އިސްކަމެއްދޭ އިދާރާއެކެވެ. މި ފެސިލިޓީއަކީ އެސްޓީއޯ އިން ރާއްޖެއަށް އެތެރެކުރާ ތެލުގެ ބާވަތްތައް މިހާރަށްވުރެ ހެޔޮ އަގުގައި އަދި އިތުރަށް ހަރުދަނާ ނިޒާމެއްގެ ދަށުން އެތެރެކުރުމަށް މަގުފަހިކޮށްދޭނެ ކުރު މުއްދަތުގެ މުރާބަހާ ފައިނޭންސިންގ ފެސިލިޓީއެކެވެ.

އައިޓީއެފްސީ އަކީ އައިޑީބީ ގްރޫޕުގައި ހިމެނޭ ސަރުކާރުތަކަށް ބޭނުންވާ މާލީ ވަސީލަތްތައް ހޯދައިދިނުމަށާއި އޮގައިޒޭޝަން އޮފް އިސްލާމިކް ނޭޝަން (އޯއައިސީ)ގެ މެންބަރު ޤައުމުތަކުގެ މެދުގައި ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް ޚާއްޞަ އިސްކަމެއްދޭ އިދާރާއެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.