ޑްރޯން ހަމަލާއެއްގައި ދުބާއީ އެއާޕޯޓު ބަންދުކޮށްފި، އެމިރޭޓްސް ފްލައިޓުތައް ޑިލޭވެއްޖެ

ދުބާއީ އެއާޕޯޓު ބަންދުކުރުމުގެ ސަބަބުން، މިއަދު ހެނދުނު މާލޭން ފުރަން ހަމަޖެހިފައިވާ އޮތް އެމިރޭޓްސް ފްލައިޓު ވެސް ވަނީ ވަރަށް ބޮޑަށް ޑިލޭވެފަ އެވެ.

މާފަރު އެއާޕޯޓަށް އެމިރޭޓްސްގެ ބޯޓެއް ޖައްސާފައި -- އޭވިއޭޓާ

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ތެރެއިން، ދުބާއީ އެއާޕޯޓަށް ޑްރޯން ހަމަލާއެއް އަމާޒުވެ، އެއާޕޯޓު ވަގުތީގޮތުން ބަންދުކޮށް، އުދުހުންތައް މެދުކަނޑާލައިފި އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި، އެ ޑްރޯން ހަމަލާ އަމާޒުވެފައިވަނީ، ދުބާއީ އެއާޕޯޓުގައި ތެޔޮ ރައްކާކުރާ ޓޭންކަށެވެ. އެ ހަމަލާއާ ގުޅިގެން ދުބާއީ އެއާޕޯޓު ވަގުތީ ގޮތުން ބަންދުކޮށް، އުދުހުންތައް ވަނީ މެދުކަނޑާލައިފަ އެވެ.

އެމިރޭޓްސް އެއާލައިންސްއިން ވަނީ ފަސިންޖަރުންނަށް އެކަން އަންގައި، ފްލައިޓުތައް މި ވަގުތަށް މެދުކަނޑާލާފައިވާކަން އިއުލާނުކޮށްފަ އެވެ.

މިގޮތުން، އެއާލައިނުން އަންގަންދެން އެއާޕޯޓަށް ނުދިޔުމަށް ވެސް ފަސިންޖަރުންނަށް މިހާރު ވަނީ އަންގައިފަ އެވެ.

ދުބާއީ އެއާޕޯޓު ބަންދުކުރުމުގެ ސަބަބުން، މިއަދު ހެނދުނު މާލޭން ފުރަން ހަމަޖެހިފައިވާ އޮތް އެމިރޭޓްސް ފްލައިޓު ވެސް ވަނީ ވަރަށް ބޮޑަށް ޑިލޭވެފަ އެވެ.

އަދި އިތުރު ފްލައިޓުތަކަށް ވެސް ބުރޫއަރާނެކަމަށް ބެލެވެ އެވެ.

ހަމަލާ އަމާޒުވި ތެޔޮ ޓޭންކުން އަލިފާން ނިއްވުމުގައި ހަރަކާތްތެރިވަމުންދާއިރު، ދުބާއީ އެއާޕޯޓު އަލުން އޮޕަރޭޝަނަށް ގެނެވޭނެ އިރެއް އަދި ނޭނގެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.