މާލޭގެ ހަތަރު ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާނެ

މީގެއިތުރުން، މާލެ ސަރަހައްދުގެ ޖުމްލަ 24 މިސްކިތެއްގައި ވެސް ކުޑަ އީދު ނަމާދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

ފިތުރު އީދު ނަމާދުގެ ޖަމާއަތް

އެހެން އަހަރުތަކެކޭވެސް އެއް ފަދައިން، އަންނަ ފިތުރު އީދު ދުވަހު މާލޭގެ ހަތަރު ސަރަހައްދެއްގައި އީދު ނަމާދުކުރުން އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ވަނީ މާލެ ސަރަހައްދުގައި ކުޑަ އީދު ނަމާދު ކުރާ މިސްކިތްތަކާއި މައިދާންތަކުގެ ލިސްޓު އާންމުކޮށްފަ އެވެ.

މިގޮތުން، މި އަހަރުގެ ކުޑަ އީދު ނަމާދު، މާފަންނު ސްޓޭޑިއަމް، ވިލިމާލެ ފުޓުބޯޅަ ދަނޑު، ހުޅުމާލެ 1 ގެ ސިންތެޓިކް ޓްރެކް
ހުޅުމާލެ 2 ގެ މަސްޖިދު ހަސަން އާދަމް އާއި ނިރޮޅުމަގާއި ހީނާމާ ހިނގުމާއި ފޭރުގަސް މަގާއި ދުނބުރި ގަސްމަގާ އެއްކޮށް އޮންނަ ހުސްބިމުގައި ބޮޑު ޖަމާއަތުގައި ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެއިތުރުން، މާލެ ސަރަހައްދުގެ ޖުމްލަ 24 މިސްކިތެއްގައި ވެސް ކުޑަ އީދު ނަމާދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

މީލާދީ ކަލަންޑަރުގައި، އީދު ދުވަހަކީ އަންނަ ހުކުރު ދުވަސްކަމަށް ކަނޑައަޅާފައިވާއިރު، އީދު ނަމާދު ކުރާނީ ހެނދުނު 7:00ގަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.