މި މަސައްކަތް ހަވާލުކޮށްފައި ވަނީ 123.3 މިލިއަން ރުފިޔާ އަށެވެ. އެ މަޝްރޫއު ނިންމައި ސަރުކާރާ ހަވާލުކުރަން އެއްބަސްވެފައި ވަނީ އެއް އަހަރާއި ހަ މަސްދުވަސްތެރޭގަ އެވެ.

މާލޭގެ ލޯކަލް މާރުކޭޓު ހުރި ބިމުގައި ޒަމާނީ އާ މާރުކޭޓު އިމާރާތެއް އަޅަން އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ބުނީ "މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް" ގެ ނަމުގައި އެތަން ތަރައްގީ ކުރުމުގެ މަޝްރޫއު ހަވާލުކޮށްފައި ވަނީ އަމިއްލަ ކުންފުންޏެއް ކަމަށްވާ ޓްރަސްޓެން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ކަމަށެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ މުހައްމަދު ޝާމިލެވެ. އަދި ޓްރަސްޓެން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަބްދުލް ހާދީ އެވެ.
މި މަސައްކަތް ހަވާލުކޮށްފައި ވަނީ 123.3 މިލިއަން ރުފިޔާ އަށެވެ. އެ މަޝްރޫއު ނިންމައި ސަރުކާރާ ހަވާލުކުރަން އެއްބަސްވެފައި ވަނީ އެއް އަހަރާއި ހަ މަސްދުވަސްތެރޭގަ އެވެ.