އެސްޓީއޯއިން ބުނީ ގޭހުގެ ޑިމާންޑު މާ ބޮޑަށް މި ދުވަސްވަރު ބޮޑު ކަމަށާ ގޭސް ވިއްކުން ލިިމިޓް ކުރިނަމަވެސް އިތުރު ޝިޕްމަންޓެއް ހުކުރު ދުވަހު ރާއްޖެ އަންނާނެ އެވެ.

ގޭސް މެނޭޖުކުރަން ހަވާލުކޮށްފައިވާ އެސްޓީއޯގެ ސަބްސިޑަރީ ކުންފުނިން ގޭސް ކޮންޓްރޯލްކޮށްގެން ވިއްކަމުންދާ ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ. މި ވާހަކައާ ގުޅިގެން އެސްޓީއޯއިން ބުނީ ގޭހުގެ ޑިމާންޑު މާ ބޮޑަށް މި ދުވަސްވަރު ބޮޑު ކަމަށާ ގޭސް ވިއްކުން ލިިމިޓް ކުރިނަމަވެސް އިތުރު ޝިޕްމަންޓެއް ހުކުރު ދުވަހު ރާއްޖެ އަންނާނެ އެވެ.
މޯލްޑިވް ގޭހުން ގޭސް ވިއްކުން ކޮންޓްރޯލް ކުރިއިރު، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ކައިރި ގައުމުތައް ވަނީ ގޭހަށް ޖެހިފަ އެވެ. ނަމަވެސް މިފަދަ މައްސަލައެއް ރާއްޖެއަށް ކުރިމަތި ނުވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.