ފުލުހުން މިއަދު ބުނީ ހޯރަފުށީގައި ބުޅަލަކަށް ގަސްދުގައި އަނިޔާކޮށް މަރާލާފައިވާ ކަމަށް މައްސަލައެއް މިމަހުގެ 12 ވަނަ ދުވަހުގެ ރޭ 19:06 ހާއިރު ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން މިއަދު ބުނީ ހޯރަފުށީގައި ބުޅަލަކަށް ގަސްދުގައި އަނިޔާކޮށް މަރާލާފައިވާ ކަމަށް މައްސަލައެއް މިމަހުގެ 12 ވަނަ ދުވަހުގެ ރޭ 19:06 ހާއިރު ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ. ނަމަވެސް ތިން މީހަކާ ސުވާލުކޮށް ތަހުގީގަށް ބޭނުންވާ ބަޔާން ނަގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އަދި މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ބުންޏެވެ.
މީގެ ކުރީގައިވެސް ބުޅަލަށް އަނިޔާކޮށް މަރާލާފައިވާ މައްސަލަތަކުގައި މީހުން ހައްޔަރުކޮށް، ދައުވާވެސް ކޮށްފައިވެ އެވެ. ޖަނަވާރުންނަށް އަނިޔާ ކުރާ މީހުންނަށް ގާނޫނީ ފިޔަވަޅު އެޅުމުގެ ބާރު އިދާރާތަކަށް ލިބިގެންވެ އެވެ.