ރައީސް އޮފީހުން މިއަދު ބުނީ ރައީސްގެ ދެކަނބަލުންގެ އީދު ސަލާން ކުރެއްވުން އޮންނާނީ ފިތުރު އީދު ދުވަހުގެ ހެނދުނު 9:00 އިން 11:00 އަށް، މުލިއާގޭގައި ކަމަށެވެ.

މިއަހަރު ވެސް ފިތުރު އީދު ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، އީދު ސަލާން ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ ރައީސްގެ ދެކަނބަލުންގެ އީދު ސަލާން ކުރެއްވުން އޮންނާނީ ފިތުރު އީދު ދުވަހުގެ ހެނދުނު 9:00 އިން 11:00 އަށް، މުލިއާގޭގައި ކަމަށެވެ.
އީދު ސަލާން ކުރުމަށް ވީހާވެސް ގިނަ ރައްޔިތުންނަށާއި ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށާއި، ބޭރުގެ އިއްޒަތްތެރިންނަށާއި، ރާއްޖޭގެ އެކި ކުންފުނިތަކާއި، އަމިއްލަ އެކިއެކި ޖަމިއްޔާތަކުގެ މަންދޫބުންނަށް ރައީސްގެ ދެކަނބަލުން ދައުވަތު އަރުއްވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އަދި، އާއިލާތަކާއެކު ވީހާވެސް ގިނަ އަދަދެއްގެ ކުޑަކުދިންނާއި، ވީހާވެސް ގިނަ އަދަދެއްގެ ޒުވާނުން އީދު ސަލާމުގައި ބައިވެރިވެދެއްވުމަށް ވެސް ދައުވަތު އަރުއްވާފައިވެ އެވެ.
ރައީސް އޮފީހުން ބުނީ އީދު ސަލާން ކުރުމަށް އަންނަ މީހުން މުލީއާގެއަށް ވަނުމަށް ހަމަޖެހިފައި ވަނީ މެދުޒިޔާރަތް މަގަށް ހުންނަ މުލީއާގޭ ބޮޑު ދޮރޯށިން ކަމަށެވެ. މުލީއާގެއަށް ވަދެވޭނީ ޝަހީދު އަބްދުﷲ ޒުހައިރު ހިނގުމުން މެދުޒިޔާރަތް މަގުން އައިސްގެނެވެ.
ހުރިހާ އީދެއްގައިވެސް އެ އިރެއްގައި ހުންނަ ރައީސުން ރައްޔިތުންނާ އީދު ސަލާން ކުރައްވަ އެވެ.
މިއަހަރުގެ ފިތުރު އީދު ދުވަސް ކަމަށް ކަލަންޑަރުގައި އޮތީ އަންނަ ހުކުރު ދުވަހެވެ.