ބެލްގްރޭޑް އެކްސްޕޯ 2027 ގައި ބައިވެރިވާން ސޮއިކޮށްފި

ބެލްގްރޭޑް އެކްސްޕޯ 2027 އޮންނާނީ މެއި 15، 2027 ގައި ބެލްގްރޭޑްގަ އެވެ.

ބެލްގްރޭޑް އެކްސްޕޯ 2027 އެއްބަސްވުމުގައި ސޮއި ކުރަނީ--ފޮޓޯ: ވީއޭއެމް

ބެލްގްރޭޑް އެކްސްޕޯ 2027 ގައި ރާއްޖެއިން ބައިވެރިވުމުގެ އެއްބަސްވުމުގައި ވިޒިޓް މޯލްޑިވްސް އިން ސޮއި ކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ބެލްގްރޭޑްގައި ބޭއްވި ދެވަނަ އަހަރީ ޕްލޭނިން ބައްދަލުވުމުގަ އެވެ. އެއްބަސްވުމުގައި ސޮއި ކުރެއްވީ ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިއުރީ އެވެ.

"ޕްލޭ ފޯ ހިއުމަނިޓީ: ސްޕޯޓް އެންޑް މިއުޒިކް ފޯ އޯލް" މި ޝިއާރުގެ ދަށުން ބާއްވާ ބެލްގްރޭޑް އެކްސްޕޯ 2027 އޮންނާނީ މެއި 15، 2027 ގައި ބެލްގްރޭޑްގަ އެވެ. 

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއޭއެމް) އިން ބުނީ އެ ހަރަކާތުގައި 120 އަށްވުރެ ގިނަ ގައުމުން ބައިވެރިވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި 4 މިލިއަނަށް ވުރެ ގިނަ މީހުން ޒިޔާރަތް ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި އެ އެކްސްޕޯއަކީ ބޯލްކަން ސަރަހައްދާއި ވިލާތުގެ މާކެޓްތަކަށް ރާއްޖެ އިޝްތިހާރު ކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށް ވީއޭއެމް އިން ބުންޏެވެ. 

ރާއްޖޭގެ ދެމެހެއްޓެނިވި ފަތުރުވެރިކަމާއި ކަނޑުފަޅުތައް ހިމާޔަތްކުރުމަށް ކުރާ މަސައްކަތްތައް ދުނިޔެއަށް ދައްކާލުމުގެ މަގުވެސް މިކަމުގެ ސަބަބުން ފަހިވެގެންދާނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.

މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އިބްރާހިމް ޝިއުރީ ވިދާޅުވީ އެކްސްޕޯގެ ތައްޔާރީތައް ކުރިއަށްދަނީ ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ކަމަށެވެ. 

"ބެލްގްރޭޑް އެކްސްޕޯ 2027 ގައި ރާއްޖޭގެ ބައިވެރިވުން ވަރުގަދަކުރުމަށްޓަކާ ވިޒިޓް މޯލްޑިވްސް އިން ދަނީ ކަމާބެހޭ މިނިސްޓްރީތަކާއި އިދާރާތަކާއެކު ގާތުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ ގުޅުމުގެ ސަބަބުން ފަތުރުވެރިކަމާއި ސަގާފަތާއި ދެމެހެއްޓެނިވި ތަރައްގީ އަދި ގައުމީ އަމިއްލަވަންތަކަން އެއް މަންސައަކުން ދުނިޔެއަށް ދައްކާލުމަށް ފަސޭހަ ވެގެންދާނެ ކަމަށް ޝިއުރީ ވިދާޅުވި އެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.