ކަތިވަޅިއަކުން ހަމަލާދިން މީހާ ކުށަށް އިއުތިރާފުވުމުން ހަތް އަހަރަށް ޖަލަށް

މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ޝަފީގު ވަނީ ދައުވާއަށް އިންކާރުކޮށް، ހާދިސާ ހިނގިތަނުގައި ނުހުންނާނެކަމަށް ބުނެފަ އެވެ. އަދި ދިފާއުގައި ހެކި ވެސް ހުށަހަޅާފައިވެ އެވެ.

ގދ. ގައްދޫ، ޖަނބުރީޒްގަސްދޮށުގެ، މުހައްމަދު ޝަފީގު --

މީގެ ތިން އަހަރު ކުރިން ވިލިމާލެ ފެރީ ޓާމިނަލްތެރޭގައި ކަތިވަޅިއަކުން މީހަކަށް ހަމަލާދީ ޒަހަމްކޮށްލި މީހަކު ހަތް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މި މައްސަލައިގައި ކުށް ސާބިތުވެފައިވަނީ ގދ. ގައްދޫ، ޖަނބުރީޒްގަސްދޮށުގެ، މުހައްމަދު ޝަފީގުގެ މައްޗަށެވެ.

ފެބްރުއަރީ 14، 2023 ވަނަ ދުވަހުން ހިންގި މި މާރާމާރީއާ ގުޅިގެން އޭނާގެ މައްޗަށް ދައުލަތުން އުފުލީ ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށެވެ.

މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ޝަފީގު ވަނީ ދައުވާއަށް އިންކާރުކޮށް، ހާދިސާ ހިނގިތަނުގައި ނުހުންނާނެކަމަށް ބުނެފަ އެވެ. އަދި ދިފާއުގައި ހެކި ވެސް ހުށަހަޅާފައިވެ އެވެ. ނަމަވެސް، ހުލާސާ ބަޔާން ހުށަހެޅުމަށް ދިން ފުރިސަތުގައި އެނާ ވަނީ ދައުވާއަށް އިއުތިރާފުވެފަ އެވެ. 

އެހެންވެ، މިމަހުގެ 10 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، 7 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. ބަންދުގައި ހުރި މުއްދަތު ކެނޑުމަށްފަހު އޭނާ ދެން ތަންފީޒު ކުރަން ޖެހޭނީ 4 އަހަރުގެ މުއްދަތެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.