ދިވެހިން ވިޔަފާރިކުރާ ބެންކޮކްގެ އެމްބީކޭ މޯލުން ފޭކު އެތައް މުދަލެއް އަތުލައިގެންފި

އެމްބީކޭ ސެންޓަރުގައި ތައިލެންޑުގެ ކަމާބެހޭ އިދާރާތަކުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ބައިނަލްއަގުވާމީ ބޮޑެތި ބްރޭންޑްތަކުގެ ނަން ބޭނުންކޮށްގެން އުފައްދާފައިވާ 100,000 އަށްވުރެ ގިނަ ފޭކު މުދާ އަތުލައިގަނެފި އެވެ.

ތައި ފުލުހުން އެމްބީކޭ މޯލް ރެއިޑް ކުރަނީ -- ބެންކޮކް ޕޯސް ފޮޓޯ

ބެންކޮކްގެ އެމްބީކޭ ސެންޓަރުގައި ތައިލެންޑުގެ ކަމާބެހޭ އިދާރާތަކުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ބައިނަލްއަގުވާމީ ބޮޑެތި ބްރޭންޑްތަކުގެ ނަން ބޭނުންކޮށްގެން އުފައްދާފައިވާ 100,000 އަށްވުރެ ގިނަ ފޭކު މުދާ އަތުލައިގަނެފި އެވެ.

ތައިލެންޑުގެ ނޫސްތަކުގައިވާ ގޮތުން ޕާޓްމަންޓް އޮފް އިންޓަލެކްޗުއަލް ޕްރޮޕަޓީ (ޑީއައިޕީ) އާއި ޑިޕާޓްމަންޓް އޮފް ސްޕެޝަލް އިންވެސްޓިގޭޝަން (ޑީއައިއެސް) ގުޅިގެން ހިންގި މި ރޭޑުގައި އަތުލައިގަތް މުދަލުގެ އަގު 30 މިލިއަން ބާތަށް އަރާނެ ކަމަށް އަންދާޒާ ކުރެވެއެވެ.

އަތުލައިގަތް ތަކެތީގެ ތެރޭގައި އަތްދަބަސް، ބޫޓު، އަންނައުނު އަދި ފެޝަން އެކްސެސަރީޒް ހިމެނެ އެވެ. މީގެ އިތުރުން މަޝްހޫރު ބްރޭންޑްތައް ކަމަށްވާ ގޫޗީ އާއި ނައިކީ އަދި ޑިއޯގެ އިތުރުން ކްރިސްޓިއަން އަދި ލުއިވިޓޯންފަދަ ބްރޭންޑްތައް ހިމެނެ އެވެ. 
 

ތައިލެންޑުގެ ކަމާބެހޭ ފަރާތްތަކުން ވަނީ އެމްބީކޭ ސެންޓަރުގެ ތެރޭގައި ހުރި 17 ފިހާރައަކާއި މުދާ ރައްކާކުރާ ގުދަންތަކެއް ބަލާ ފާސްކޮށްފަ އެވެ. 

މި މައްސަލައާ ގުޅިގެން ބައެއް މީހުން ހައްޔަރުކޮށްފައިވާއިރު، އެމްބީކޭގެ މެނޭޖްމަންޓުން ބުނެފައިވަނީ ފޭކު މުދާ ވިއްކާ ފަރާތްތަކާއެކު ހަދާފައިވާ ކުލީގެ އެއްބަސްވުންތައް ވަގުތުން ބާތިލްކުރާނެ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.