ރައީސް ނަޝީދު މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ލަފާކުރެވޭ ގޮތުގައި އެސްޓީއޯ އަދި ޕްރައިވެޓް ސެކްޓާ ހިމެނޭހެން ރާއްޖޭގައި ރައްކާކުރެވެނީ 70 މިލިއަން ލީޓަރުގެ ޑީސެލް އަދި 25 މިލިއަން ލީޓަރުގެ ޕެޓްރޯލް ކަމަށެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެ ތެލަށް ޖެހުމުގެ ފުރުސަތު ބޮޑުކަން ފާހަގަކުރައްވައި، އެކަމުން ސަލާމަތްވުމަށް އެޅިދާނެ ފިޔަވަޅުތަކެއް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެދެއްވައިފި އެވެ.
ރައީސް ނަޝީދު މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ލަފާކުރެވޭ ގޮތުގައި އެސްޓީއޯ އަދި ޕްރައިވެޓް ސެކްޓާ ހިމެނޭހެން ރާއްޖޭގައި ރައްކާކުރެވެނީ 70 މިލިއަން ލީޓަރުގެ ޑީސެލް އަދި 25 މިލިއަން ލީޓަރުގެ ޕެޓްރޯލް ކަމަށެވެ.
މިއީ އެންމެ 20 ދުވަހުގެ ސްޓޮކެއް ކަމަށާއި، ރާއްޖެ ތެލަށް ޖެހުމުގެ ފުރުސަތު ބޮޑުވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެހެންކަމުން އެކަމާ ގުޅިގެން މިވަގުތު އެޅިދާނެ ފިޔަވަޅުތަކެއްވެސް ވިދާޅުވެދެއްވާފައިވެ އެވެ. އެއީ؛
އޭގެ އިތުރުންވެސް އެޅިދާނެ ފިޔަވަޅެއްގެ ގޮތުގައި ރައީސް ނަޝީދު ވިދާޅުވީ ހުޅަނދު އޭޝިއާ ހުރަސް ކުރަން ނުޖެހޭ މަތިންދާބޯޓު އަދި ކަނޑު ބޯޓު ފަހަރުގެ ރޫޓްތައް ހޯދައި، ސަޕްލައި ލައިން ބަދަލުކުރުމަކީވެސް ތެޔޮ ލިބުމުގެ ދަތިކަމަށް ހައްލު ހޯދަން ކުރެވިދާނެ ކަމެއް ކަމަށެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވި ނަމަވެސް ސަރުކާރުން ވަނީ ރާއްޖޭގެ ފިއުލް ސަޕްލައިގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ބުނެފަ އެވެ. މިހާރު މެދުއިރުމަތީގައި ފެށިފައިވާ ހަނގުރާމައާ ގުޅިގެން އެކުލަވާލާފައި ކެބިނެޓް ކޮމެޓީގެ ބައްދަލުވުމުގައި ސަރުކާރުން ބުނެފައިވަނީ ރާއްޖެއަށް ތެޔޮ އެތެރެ ކުރުމުގައި އެއްވެސް މައްސަލައެއް ނެތެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އެތައް ގުނައަކުން އިތުރުވުމާ ގުޅިގެން، ރާއްޖޭގައި ޕެޓްރޯލާއި ޑީސަލް ވިއްކާ އަގުވެސް ވަނީ ބޮޑުކޮށްފަ އެވެ.
އެގޮތުން މިހާރު އެސްޓީއޯއިން ޕެޓްރޯލް ލީޓަރެއް ދެނީ 16.01ރ. އަށެވެ. އަދި ޑީސަލް ލީޓަރެއް ވައްކަނީ 17.54ރ. އަށެވެ.