ސައޫދީއަށް އީރާނުން ހަމަލާދީ އެމެރިކާ ފަސް ބޯޓު ހަލާކުކޮށްލައިފި

އެމެރިކާގެ ދެ އޮފިޝަލަކާ ހަވާލާދީ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ބޯޓުތަކަށް ގެއްލުންވީ ބިމުގައި އޮއްވަ އެވެ.

ސައުދީ އަރަބިއްޔާގައި ހުންނަ އެމެރިކާ ޕްރިންސް ސުލްޠާން އެއާ ބޭސް

ސައުދީ އަރަބިއްޔާގައި ހުންނަ ޕްރިންސް ސުލްޠާން އެއާ ބޭސްއަށް އީރާނުން ދިން މިސައިލް ހަމަލާތަކެއްގައި އެމެރިކާގެ އަސްކަރީ ފަސް ބޯޓަކަށް ގެއްލުންވެއްޖެ ކަމަށް އެމެރިކާގެ ވޯލް ސްޓްރީޓް ޖާނަލްއިން ބުނެފި އެވެ. 

ދުނިޔޭގެ އެންމެ މަޝްހޫރު އެއް ހަބަރު ފަތުރާ ނެޓްވޯކް ކަމަށްވާ ރޮއިޓާސް އިން ބުނި ގޮތުގައި މި ހަމަލާގައި ގެއްލުންވެފައިވަނީ ވައިގެ ތެރޭގައި ބޯޓުފަހަރަށް ތެޔޮ އެޅުމަށް ބޭނުންކުރާ "ރިފިއުލިން" މަތިންދާބޯޓުތަކަކަށެވެ. 

އެމެރިކާގެ ދެ އޮފިޝަލަކާ ހަވާލާދީ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ބޯޓުތަކަށް ގެއްލުންވީ ބިމުގައި އޮއްވަ އެވެ. ނަމަވެސް ބޯޓުތައް އެއްކޮށް ހަލާކުނުވާ ކަމަށާއި، މިހާރު އެ ބޯޓުތައް މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މައުލޫމާތު ލިބެ އެވެ.

މި ހަމަލާގައި އެއްވެސް މީހަކު މަރުވެފައި ނުވާކަމަށް ރިޕޯޓުތައް ބުނެއެވެ. ރޮއިޓާސްއިން ބުނެފައިވާ ގޮތުގައި މި ޚަބަރު އަދި މިހާތަނަށް މިނިވަން މުއައްސަސާއަކުން ކަށަވަރު ކުރެވިފައެއް ނުވެއެވެ. މި ދުވަސްވަރަކީ މެދުއިރުމަތީގައި އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު މަޝްރަހު ވަރަށް ބޮޑަށް ހޫނުވެފައިވާ ދުވަސްވަރެކެވެ. މި ހަމަލާއާ ގުޅިގެން ސަރަހައްދީ މަޝްރަހަށް އިތުރު ބަދަލުތަކެއް އަތުވެދާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.