ހިތަދޫގައި މަރުވެފައި އޮއްވާ ފެނުނީ އޮސްޓްރޭލިއާ މީހެއް، މައްސަލަ ތަހުގީގު ކުރަނީ

ފުލުހުން ފަހުން ބުނެފައި ވަނީ މަރުވެފައި އޮއްވާ ފެނުނީ އުމުރުން 60 އަހަރުގެ އޮސްޓްރޭލިއާ ރައްޔިތެއް ކަމަށްވާ ޑެނިއަލް ޑީ ޖިއޮވީން ކަން ފުލުހުންނަށް ކަށަވަރު ކުރެވިފައިވާ ކަމަށެވެ.

އައްޑޫ ސިޓީ ހިތަދޫ: އިއްޔެ ވަނީ މަރުވެފައި އޮތް ބިދޭސީއެއްގެ ހަށިގަނޑު ފެނުފައި --

އައްޑޫ ސިޓީ، ހިތަދޫ ފަތާ ޓްރެކް ސަރަހައްދުގައި މަރުވެފައި އޮއްވާ ފެނުނީ އޮސްޓްރޭލިއާގެ ރައްޔިތެއް ކަމަށް ފުލުހުން ބުނެފި އެވެ.

އިއްޔެ ހަވީރު 16:41 އެހައިކަންހާއިރު އެމީހާގެ ހަށިގަނޑު ފެނުނު ކަމަށް ފުލުހުންނަށް ރިޕޯޓު ލިބުމާއެކު އެ ސަރަހައްދަށް ގޮސް، އެ މީހާގެ ހަށިގަނޑު ވަނީ އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވެ އެވެ. 

މަރުވެފައިވާ މީހާއަކީ ކާކުކަން ނޭންގޭތީ ފުލުހުން ވަނީ އާންމުންގެ އެހީއަށް އެދިފަ އެވެ. އެ މީހާއަކީ ބޭރު ގައުމަކަށް ނިސްބަތްވާ މީހެއްކަމަށް ބެލެވޭ ދޮން ނަސްލުގެ ފިރިހެނެއް ކަމަށް ކުރިން ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން ފަހުން ބުނެފައި ވަނީ މަރުވެފައި އޮއްވާ ފެނުނީ އުމުރުން 60 އަހަރުގެ އޮސްޓްރޭލިއާ ރައްޔިތެއް ކަމަށްވާ ޑެނިއަލް ޑީ ޖިއޮވީން ކަން ފުލުހުންނަށް ކަށަވަރު ކުރެވިފައިވާ ކަމަށެވެ.

އޭނާއަކީ ވޯކް ވިސާގައި ރާއްޖޭގައި އުޅެމުން ދިޔަ މީހެކެވެ.

"މި މަރުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން،" ފުލުހުން ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.