އެމެރިކާއިން ބުނީ އީރާނުގެ އުޅަނދެއް މަނަވަރާ މާ ގާތަށް އައުމުން ބަޑިޖެހި ކަމަށާއި، ނަމަވެސް އެ އުޅަނދަށް ހަމަލާ އަމާޒު ނުވާ ކަމަށެވެ.

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް އިން ދިން ހަމަލާއެއް، އެމެރިކާގެ މަންވަރު އަބްރަހަމް ލިންކަން މަނަވަރަށް އަރާފައިވާ ކަމަށް ބެލެން ފަށައިފި އެވެ.
އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް އިން ވަނީ އޮމާން ކަނޑުގައި އޮތް އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރު އަބްރަހަމް ލިންކަން އަށް ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ހަމަލާދީފައިވާ ކަމަށް ބުނެފަ އެވެ. އީރާނުން ބުނާ ގޮތުގައި މި ހަމަލާއާ އެކު މަނަވަރުގެ މަސައްކަތްތައް ހުއްޓި، އެ މަނަވަރާއި އޭގެ ސްޓްރައިކް ގްރޫޕް ވަނީ އެ ސަރަހައްދު ދޫކޮށް ބާރު ސްޕީޑުގައި ފިލަން ގޮސްފައެވެ.
އެމެރިކާއިން ބުނީ އީރާނުގެ އުޅަނދެއް މަނަވަރާ މާ ގާތަށް އައުމުން ބަޑިޖެހި ކަމަށާއި، ނަމަވެސް އެ އުޅަނދަށް ހަމަލާ އަމާޒު ނުވާ ކަމަށެވެ.
މި ހަމަލާއަކީ އީރާނުގެ ރޫހާނީ އިސްލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން ދިން ބަދަލުހިފުމުގެ ހަމަލާއެއް ކަމަށް އީރާނުން ބުނެ އެވެ. ނަމަވެސް، އެމެރިކާގެ ސެންޓްރަލް ކޮމާންޑް އިން ވަނީ މި ވާހަކަތައް ދޮގުކޮށްފައެވެ. ނަމަވެސް އީރާނުގެ ބޯޓަކުން ހަމަލާ ދިން ކަމަށް ބުނެފައިވެ އެވެ.
އެމެރިކާއިން ބުނީ އީރާނުގެ އުޅަނދެއް މަނަވަރާ މާ ގާތަށް އައުމުން ބަޑިޖެހި ކަމަށާއި، ނަމަވެސް އެ އުޅަނދަށް ހަމަލާ އަމާޒު ނުވާ ކަމަށެވެ. އަދި މަނަވަރު އަދިވެސް އޮޕަރޭޝަނަލް ހާލަތުގައި އޮތްކަން ސާބިތުކޮށްދިނުމަށް އެމެރިކާއިން ވަނީ މަނަވަރުން ބޯޓުތައް އުދުއްސާ މަންޒަރު ފެންނަ ފޮޓޯއާއި ވީޑިއޯ އާންމުކޮށްފަ އެވެ.