އިގުބާލް ފެނިފައިވަނީ މިއަދު ހެނދުނު 06:53 އެހައިކަންހާއިރު، އޭނާ ދަތުރުކުރި ޑިންގީގެ އިންޖީނު ހުއްޓިގެން ރ. އަލިފުށި ކައިރީގައި އޮތް ބޮއެއްގައި އުޅަނދު އައްސައިގެން އޮއްވަ އެވެ.

ރ. ވާދޫއިން އިއްޔެ ފަތިހު ޑިންގީއެއްގައި އެކަނި ކަނޑުމައްޗަށް ނުކުތް ގޮތަށް ހަބަރެއް ނުވެގެން ހޯދަމުން ދިޔަ އެރަށު ވިންޑްސްޓާ، މުހައްމަދު އިގުބާލު ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފަތިހު ފުރައިގެން ދިޔަ ފަހުން އޭނާގެ ހަބަރެއް ނުވާތީ އާއިލާއިން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ ރޭ 20:48 ހާއިރު އެވެ.
ފުލުހުން މިއަދު ބުނީ އިގުބާލު ހޯދަމުން ދަނިކޮށް އޭނާ މިހާރު ވަނީ ފެނިފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.
އިގުބާލް ފެނިފައިވަނީ މިއަދު ހެނދުނު 06:53 އެހައިކަންހާއިރު، އޭނާ ދަތުރުކުރި ޑިންގީގެ އިންޖީނު ހުއްޓިގެން ރ. އަލިފުށި ކައިރީގައި އޮތް ބޮއެއްގައި އުޅަނދު އައްސައިގެން އޮއްވަ އެވެ.
އޭނާ ފެނިފައިވަނީ، ހޯދުމުގެ މަސައްކަތަށް މިއަދު ހެނދުނު ރ. ވާދޫން ނުކުތް ބަޔަކަށް ކމަށް ފުލުހުން ބުންޏެވެ.
"މި މަސައްކަތުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި، ހޯދުމުގެ މަސައްކަތުގައި އެކި ގޮތްގޮތުން ބައިވެރިވި އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވަން،" ފުލުހުން ބުނެފައިވެ އެވެ.