އިރާގުގައި ހަރަކާތްތެރިވާ އީރާނުގެ ސަރުކާރަށް ވާގަވެރިވާ ހަނގުރާމަވެރި ގްރޫޕްތަކުން ވަނީ މި ބޯޓު ވެއްޓިފައިވަނީ ހަމަލާއެއްގެ ސަބަބުން ކަމަށް ބުނެފަ އެވެ.

އިރާގުގެ ހުޅަނގު ސަރަހައްދަށް އެމެރިކާގެ އެމެރިކާގެ އަސްކަރީ KC-135 މަރުކާގެ މަތިންދާ ބޯޓު ވެއްޓުނީ ހަމަލާއެއް އަރައިގެންކަން ހާމަވެއްޖެ އެވެ.
ޢިރާގުގެ ހުޅަނގު ސަރަހައްދަށް އެމެރިކާގެ އަސްކަރީ KC-135 މަރުކާގެ މަތިންދާބޯޓެއް ވެއްޓިފައިވާ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑް އިން ވަނީ އެއްބަސްވެފަ އެވެ. ނަމަވެސް އެމެރިކާ ސިފައިން ބުނީ ބޯޓު ވެއްޓުނީ ހަނގުރާމައިގެ ތެރޭގައި އުޅެނިކޮށެވެ. ނަމަވެސް ސަބަބެއް ނުބުނެ އެވެ.
ނަމަވެސް، އިރާގުގައި ހަރަކާތްތެރިވާ އީރާނުގެ ސަރުކާރަށް ވާގަވެރިވާ ހަނގުރާމަވެރި ގްރޫޕްތަކުން ވަނީ މި ބޯޓު ވެއްޓިފައިވަނީ ހަމަލާއެއްގެ ސަބަބުން ކަމަށް ބުނެފަ އެވެ.
މި ހާދިސާ ހިނގީ އީރާނާ ދެކޮޅަށް އެމެރިކާއިން ކުރިއަށްގެންދާ "އޮޕަރޭޝަން އެޕިކް ފިއުރީ" ދަށުން ކުރިއަށްދިޔަ އޮޕަރޭޝަނެއްގެ ތެރޭގަ އެވެ. ހާދިސާގައި އެެމެރިކާގެ ހަ ސިފައިން ވަނީ ގެއްލިފަ އެވެ. އެމީހުން ހޯދުމުގެ މަސައްކަތް ކުރާއިރު އެމީހުން މަރުވެފައިވުން ގާތް ކަމަށް ވަނީ ބެލެވިފަ އެވެ. މިއީ އީރާނަށް ހަމަލާ ދިން ފަހުން އެ ގައުމަށް މިފަހުން އަސްކަރީ ގޮތުން ބޮޑު ގެއްލުމެއް ލިބުނުކަން އެއްބަސްވި ފުރަތަމަ ފަހަރެވެ.