"މި ހާދިސާގައި އަނިޔާލިބުނު މީހުންގެ ތެރެއިން ފަސް މީހަކު ވަނީ ނިޔާވެފަ އެވެ،" ފުލުހުން ބުންޏެވެ.

އދ. ދިގުރަށުގައި ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ އެކަމަޑޭޝަން ބްލޮކެއްގައި މިރޭ އަލިފާނުގެ ހާދިސާ އެއް ހިނގައި، ފަސް މިހާތަނަށް ފަސް މީހަކު މަރުވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ، އެ ހާދިސާގައި އެކިވަރުގެ އަނިޔާ ލިބިގެން އެ ރަށުގެ ސިއްހީ މަރުކަޒަށް އަށް މީހަކު ގެންގޮސް ފަރުވާދެމުންދާ ކަމަށެވެ.
"މި ހާދިސާގައި އަނިޔާލިބުނު މީހުންގެ ތެރެއިން ފަސް މީހަކު ވަނީ ނިޔާވެފަ އެވެ،" ފުލުހުން ބުންޏެވެ.
މި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބި، ބޮޑަށް ފިހިފައިވާ ދެ މީހަކަށް އިތުރު ފަރުވާ ދިނުމަށްޓަކައި މާލެ ގެނެސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، މި ހާދިސާގެ ތަހުގީގަށް މާލެއިން ހާއްސަ ޓީމެއް ދިގުރަށަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށާއި، އެ ޓީމުގައި މެޑިކަލް ޑޮކްޓަރެއް ހިމެނޭ ކަމަށެވެ.
ނަމަވެސް، އެ ހާދިސާ ހިނގަން މެދުވެރިވި ގޮތުގެ ތަފްސީލެއް އަދި ނުލިބެ އެވެ.