ޢިރާގުގެ ހުޅަނގު ސަރަހައްދަށް އެމެރިކާގެ އަސްކަރީ KC-135 މަރުކާގެ މަތިންދާބޯޓެއް ވެއްޓިފައިވާ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑް އިން ވަނީ އެއްބަސްވެފަ އެވެ. މިއީ 500 މިލިއަން ޑޮލަރުގެ އަގު ބޮޑު ބޯޓެކެވެ.

ސެންޓްކޮމްއިން ބުނި ގޮތުގައި މި ހާދިސާގައި ދެ ބޯޓެއް ބައިވެރިވި ނަމަވެސް، ދެވަނަ ބޯޓު ވަނީ ސަލާމަތުން ބާލާފައެވެ. އަދި މިއީ ދުޝްމަނުންގެ ހަމަލާއަކުން ނުވަތަ އޮޅުމަކުން ދެވުނު "ފްރެންޑްލީ ފަޔަރ" އެއްގެ ސަބަބުން ހިނގި ކަމެއް ނޫން ކަމަށްވެސް އެ ބަޔާނުގައިވެއެވެ.
މި ހާދިސާ ހިނގީ އީރާނާ ދެކޮޅަށް އެމެރިކާއިން ކުރިއަށްގެންދާ "އޮޕަރޭޝަން އެޕިކް ފިއުރީ" ދަށުން ކުރިއަށްދިޔަ އޮޕަރޭޝަނެއްގެ ތެރޭގަ އެވެ. މި ހާދިސާ ހިނގާފައިވަނީ އީރާނަށް ހަމަލާދޭން އިރާގުގައި ބޭނުން ކުރާ ދެ ބޯޓު މުޑި އަރައިގެންނެވެ.
ބޯޓުގައި ތިބި މީހުންގެ ހާލަތާ ބެހޭގޮތުން އަދި ސާފު މައުލޫމާތެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ރެސްކިއު ޓީމުތަކުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
މިއީ ފެބްރުއަރީ 28 ގައި ފެށުނު އީރާނު ހަނގުރާމައިގައި އެމެރިކާއަށް ގެއްލުނު ހަތަރު ވަނަ އަސްކަރީ ބޯޓެވެ. މީގެ ކުރިން ކުވައިތު ސަރަހައްދުން އެމެރިކާގެ ތިން F-15E ފައިޓާ ޖެޓް ވަނީ ކުވައިތުގެ އެއާ ޑިފެންސް ސިސްޓަމްތަކުން އޮޅުމަކުން ވައްޓާލާފަ އެވެ.