އެކަނި ކަނޑުމައްޗަށް ނުކުތް މީހަކު ގެއްލިގެން ހޯދަނީ

ގެއްލިގެން ހޯދަމުން ދަނީ އެރަށު ވިންޑްސްޓާ، މުހައްމަދު އިގުބާލެވެ. ފަތިހު ފުރައިގެން ދިޔަ ފަހުން އޭނާގެ ހަބަރެއް ނުވާތީ އާއިލާއިން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިރޭ 20:48 ހާއިރު އެވެ.

ގެއްލިގެން ހޯދާ މުހައްމަދު އިގުބާލް --

ރ. ވާދޫއިން މިއަދު ފަތިހު ޑިންގީއެއްގައި އެކަނި ކަނޑުމައްޗަށް ނުކުތް މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ގެއްލިގެން ހޯދަމުން ދަނީ އެރަށު ވިންޑްސްޓާ، މުހައްމަދު އިގުބާލެވެ. ފަތިހު ފުރައިގެން ދިޔަ ފަހުން އޭނާގެ ހަބަރެއް ނުވާތީ އާއިލާއިން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިރޭ 20:48 ހާއިރު އެވެ.

ފުލުހުން ބުނީ އޭނާ އޭނާ ކަނޑުމައްޗަށް ނުކުތީ ކުޑަ ޑިންގީއެއްގައި ކަމަށާއި، ދަތުރަށް ނުކުތްއިރު އަތުގައި މޯބައިލް ފޯނެއް ނެތް ކަމަށެވެ.

"މި ރިޕޯޓު ލިބުމާއެކު ފުލުހުން ވަނީ ކަމާބެހޭ ބަހާތަކާއި އެހެނިހެން އިދާރާތަކާ މައުލޫމާތު ހިއްސާކޮށް، ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ފަށާފައި،" ފުލުހުން ބުންޏެވެ.

ފުލުހުން ވަނީ މުހައްމަދު އިގުބާލާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ ރ. އަލިފުށި ޕޮލިސް ސްޓޭޝަން ނަންބަރު 9992245 އަށް ގުޅައިގެން މައުލޫމާތު ހިއްސާކުރަން އެދިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.