ހަތަރު މަދު ބޮންއެޅިޔަސް އީރާނުގެ ސަރުކާރު ބަދަލުވުމުގެ ނިޝާނެއް ނެތް : ސީއައިއޭ

އިޒްރޭލުގެ އިސް އޮފިޝަލަކު ވެސް ވަނީ މި ހަނގުރާމައިގެ ސަބަބުން އީރާނުގެ ދީނީ ސަރުކާރު ވެއްޓޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ކަމަށް އެއްބަސްވެފައެވެ.

އަންހެނަކު އީރާނުގެ އާ ލީޑަރުގެ ފޮޓޯއެއް ހިފައިގެން -- ރޮއިޓާސް ފޮޓޯ

އެމެރިކާ އާއި އިޒްރޭލުން އީރާނަށް މެދުކެނޑުމެއްނެތި ހަތަރުދަމު ދެމުންދާ ވަރުގަދަ ވައިގެ ހަމަލާތަކަށް ދެ ހަފްތާ ވެފައިވާއިރު، އީރާނުގެ ވެރިކަން ވެއްޓިދާނެ ފަދަ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާ ތަކުން ބުނެފި އެވެ.

ރޮއިޓާސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެމެރިކާގެ އިންޓެލިޖެންސް ރިޕޯޓުތަކުން ދައްކަނީ އީރާނުގެ ރޫހީ މުދައްބިރު އާޔަތުﷲ އަލީ ޚާމަނާއީ މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އަވަހާރަވި ނަމަވެސް އެ ގައުމުގެ ދީނީ އަދި އަސްކަރީ ލީޑަޝިޕް އަދި ވެސް އޮތީ ބަދަހިކޮށް ކަމެވެ.

ވެރިކަން ބަދަލުވުމުގެ އުއްމީދު ކުޑަ

އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސްއިން ބުނި ގޮތުގައި އީރާނުގެ ރައްޔިތުންގެ މައްޗަށް އޮތް ކޮންޓްރޯލް އެ ގައުމުގެ ސަރުކާރަށް އަދިވެސް އެބައޮތެވެ. އަދި ޚާމަނާއީގެ މަގާމަށް އޭނާގެ ދަރިކަލުން މުޖުތަބާ ޚާމަނާއީ އައްޔަންކޮށް ސަރުކާރު ހިންގުމުގެ ކަންކަން ވަނީ ތަރުތީބުކޮށްފަ އެވެ. 

އިޒްރޭލުގެ އިސް އޮފިޝަލަކު ވެސް ވަނީ މި ހަނގުރާމައިގެ ސަބަބުން އީރާނުގެ ދީނީ ސަރުކާރު ވެއްޓޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ކަމަށް އެއްބަސްވެފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.