މާލޭ ސަރަހައްދުގައި ގޮވާމުން ޒަކާތް ބަލައި ބަލައިގަތުމުގެ އިންތިޒާމްތައް ހަމަޖައްސާފައި ވަނީ މާލޭގައި ހުންނަ ސެންޓާ ފޯ ސެކަންޑަރީ އެޑިއުކޭޝަންގަ އެވެ.

އަންނަ ހޮނިހިރު ދުވަހުން ފެށިގެން ގޮވާމުގެ ބާވަތްތަކުގެ ފިތުރު ޒަކާތް ބަލައިގަންނަން ފަށާނެ ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ބުނެފި އެވެ.
ޒަކާތު ހައުސްއިން ބުނީ އަންނަ ހޮނިހިރު އަދި އާދީއްތަ ދުވަހު ޒަކާތް ބަލައިގަންންނާނީ ހެނދުނު 10:00 އިން މެންދުރު 12:00 އަށް ކަމަށެވެ.
އަދި އަންނަ ހަފްތާގެ ހޯމަ ދުވަހާއި އަންގާރަ ދުވަހު ޒަކާތް ބަލައިގަންނާނީ ހެނދުނު 10:00 އިން މެންދުރު 12:00 އަށާއި މެންދުރު 13:00 އިން 15:00 އަށެވެ.
މާލޭ ސަރަހައްދުގައި ގޮވާމުން ޒަކާތް ބަލައި ބަލައިގަތުމުގެ އިންތިޒާމްތައް ހަމަޖައްސާފައި ވަނީ މާލޭގައި ހުންނަ ސެންޓާ ފޯ ސެކަންޑަރީ އެޑިއުކޭޝަންގަ އެވެ.
ފިތުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭނީ އެބަޔަކު އާންމުކޮށް ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތުން ބޮލަކަށް 2.4 ކިލޯގެ މިންވަރެވެ.
ޒަކާތު ހައުސްއިން އާންމުކޮށްފައިވާ ގޮތުގައި މި ރޯދަމަހުގެ ފުރަތަމަ 15 ގައި ފިތުރު ޒަކާތުގެ ގޮތުގައި 5.4 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.