އަލަށް އެކުލަވައިލި އުސޫލުގެ ދަށުން ފޯމު ހުށަހަޅަން ހުޅުވާލާނީ މި މަހުގެ 24 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ ނިޔަލަށެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއަށް ވަކިން ފޯމު ހުށަހެޅޭ ގޮތަށް ހާއްސަ ކެޓަގަރީއެއް ހައުސިން މިނިސްޓްރީން ހަމަޖައްސައިފި އެވެ.
އެ މިނިސްޓްރީން ފުރަތަމަ އާއްމުކުރި "މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލު"ގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަކި ކެޓެގަރީއެއް ހާއްސަކޮށްފައި ވެ އެވެ. ނަމަވެސް، އޭރު ޖެހޭނީ ނުކުޅެދުންތެރިކަން ހުންނަ މީހެއްގެ ބައިގައި ހަމައެކަނި ފާހަގަ ޖަހާށެވެ.
ނަމަވެސް، އަލަށް ގެނައި ބަދަލުގެ ދަށުން، ނުކުޅެދުންތެރިކަން ހުންނަ މީހުން މާލޭގައި ދިރިއުޅުނު މުއްދަތު ވަނީ ކުޑަކޮށްފަ އެވެ. މިގޮތުން، އެހެން ކެޓަގަރީތަކަށް ކަނޑައަޅާފައިވާ މަދުވެގެން 15 އަހަރުގެ މުއްދަތު، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަނީ ފަސް އަހަރަށް ކުޑަކޮށްފަ އެވެ.
އަދި ނުކުޅެދުންތެރިކަމަކަށް މާލެއިން ހިދުމަތް ހޯދަން ދަތުރުކުރަން ޖެހުމާއި ހިދުމަތް ހޯދުމަށްޓަކައި މާލެއަށް ބަދަލުވެފައިވާ މީހުންނަށް ވެސް ފޯމު ހުށަހެޅޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އަލަށް އެކުލަވައިލި އުސޫލުގެ ދަށުން ފޯމު ހުށަހަޅަން ހުޅުވާލާނީ މި މަހުގެ 24 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ ނިޔަލަށެވެ.