"އެލައިޑް އައިފޯން ޑްރޮޕް ގިވްއަވޭ"އާ ގުޅޭ ރަސްމީ ހުރިހާ މުއާމަލާތްތަކެއް ކުރިއަށްދާނީ ހަމައެކަނި އެ ކުންފުނީގެ ރަސްމީ އިންސްޓަގްރާމް އެކައުންޓް މެދުވެރިކޮށް ކަމަށް.

އެލައިޑް އިންޝުއަރަންސުން ކުރިއަށް ގެންދާ ޕްރޮމޯޝަނަކާ ގުޅުވައިގެން ސްކޭމް ކުރާތީ އެކަމަށް ސަމާލުވާން އެ ކުންފުނިން އެދެފި އެވެ.
އެލައިޑުން ވަނީ އިންސްޓަގްރާމްގައި "އެލައިޑް އައިފޯން ޑްރޮޕް ގިވްއަވޭ"ގެ ނަމުގައި ގިވްއަވޭއެއް ފަށާފަ އެވެ.
އެ ޕްރޮމޯޝަނާ ގުޅުވައިގެން، ކަސްޓަމަރުންނަށް ގޫގުލް ފޯމެއް ފުރުމަށް އެދި މެސެޖު ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެލައިޑުން ބުންޏެވެ.
އެ ކުންފުނިން ބުނި ގޮތުގައި، ގޫގުލް ފޯމެއް ނުވަތަ ބޭރުގެ އެހެން ލިންކެއް މެދުވެރިކޮށް މައުލޫމާތު ހޯދުމުގެ އެއްވެސް ހަރަކާތެއް ކުރިއަށް ނުގެންދާ ކަމަށާއި، ގިވްއަވޭގައި ބައިވެރިވުމަށް ނުރަސްމީ ލިންކުތަކެއް މެދުވެރިކޮށް ފޮނުވާ މެސެޖުތަކަކީ އެލައިޑާ ގުޅުންހުރި މެސެޖުތަކެއް ނޫނެވެ.
"އެލައިޑް އައިފޯން ޑްރޮޕް ގިވްއަވޭ"އާ ގުޅޭ ރަސްމީ ހުރިހާ މުއާމަލާތްތަކެއް ކުރިއަށްދާނީ ހަމައެކަނި އެ ކުންފުނީގެ ރަސްމީ އިންސްޓަގްރާމް އެކައުންޓް މެދުވެރިކޮށް ކަމަށާއި، އެހެން އެކައުންޓުތަކުން ފޮނުވާ އެއްވެސް ފޯމެއް ނުފުރުމަށާއި، އަމިއްލަ މައުލޫމާތެއް ހިއްސާނުކުރަން އެލައިޑުން ވަނީ އިލްތިމާސްކޮށްފަ އެވެ.