ވީއައިއޭ އިން ޑޮލަރު ފޭރުނު މައްސަލައިގައި 8 މީހަކަށް ދައުވާ ކޮށްފި

އަދި ބީއެމްއެލްއަށް ލިބުނު ގެއްލުމުގެ ބަދަލު، ދައުވާ ލިބޭ މީހުންގެ އަތުން ނަގައިދިނުމަށް ކޯޓުގައި އެދިފައިވާނެ ކަމަށްވެސް އެ އޮފީހުން ބުނެފައިވެ އެވެ.

ބީއެމްއެލް މުވައްޒަފުންގެ އަތުން ޑޮލަރު ބްރީފްކޭސް ފޭރުނު މައްސަލައިގައި ހައްޔަރު ކުރި ބައެއް މީހުންގެ ވަނަވަރު --

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑޮލަރު ބްރީފްކޭހެއް ފޭރުނު މައްސަލައިގައި އަށް މީހަކަށް ދައުވާ ކޮށްފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ އޮކްޓޯބަރު 27، 2025 ގައި ވީއައިއޭގެ އާ ޓާމިނަލްގައި ހުންނަ ބީއެމްއެލްގެ އެކްސްޗޭންޖް ކައުންޓަރަށް ގެންދިޔަ ގިނަ އަދަދެއްގެ ފައިސާ އަޅާފައިހުރި ސޫޓްކޭހެއް، ވަޅިން ބިރުދެއްކުމަށްފަހު ފޭރުނު މައްސަލައިގައި ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އެގޮތުން މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ތ. ވިލުފުށި، އެހީވާގެ، އަހުމަދު މާހިދުގެ މައްޗަށް އުފުލާފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކަށް ބިރުދެއްކުމުގެ ކުށުގެ ދައުވާ އާއި މަގުބޫލު ސަބަބެއް ނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ކުށުގެ ދައުވާ އެވެ.

ސ. ހިތަދޫ، ވަށަގުލިމާގެ، އަލީ އަފްޒަލްގެ މައްޗަށް އުފުލާފައި ވަނީ ފޭރުމުގެ ކުށުގެ ދައުވާ އާއި ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކަށް ބިރުދެއްކުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.

މީގެ އިތުރުން މި މައްސަލައިގައި ހަ މީހެއްގެ މައްޗަށް ފޭރުމުގައި ބައިވެރިވިކަމުގެ ކުށުގެ ދައުވާ އުފުލާފައިވެ އެވެ. އެއީ ގއ. ވިލިނގިލި، ބިނާ، އަބްދުލްއައްވަލް އިބްރާހިމް އަބޫބަކުރާއި، ކ. ގުރައިދޫ، އަޅިވިލާގެ، ހުސައިން ޝަހުދާއި، އެގޭ އިބްރާހިމް އަނޫފްގެ އިތުރުން ލ. މާވައް، ރޭޝަމް، މާޒިން މޫސާއާއި، މ. ކޯރަސް އަހުމަދު ރައިހާން ނައިމްއަދި ރ. މަޑުއްވަރީ، މީޒާން، އިސްމާއިލް ސިރްހާން އެވެ.

އެ ބްރީފްކޭސްގައި އެކި ގައުމުގަތުގެ ފައިސާ ހުއްޓެވެ. އޭގައި ހުރީ؛

  •  23،778 ދިވެހި ރުފިޔާ
  •  106،120 ޔޫއެސް ޑޮލަރު
  •  490 ޔޫރޯ
  •  1735 ޕައުންޑް
  •  2610 ސިންގަޕޫރު ޑޮލަރު
  •  1345 އޮސްޓްރޭލިއަން ޑޮލަރު
  •  510 ސްވިސް ފްރޭންކް
  •  1515 ކެނެޑިއަން ޑޮލަރު
  •  334،000 ޖަޕަނީސް ޔެން
  •  10،420 ހޮންގްކޮންގް ޑޮލަރު
  •  25،000 އިންޑިއަން ރުޕީސް
  •  600 ޗައިނީސް ޔުއާން

ޕީޖީ އޮފީހުން ބުނީ ދައުވާ ކޮށްފައިވާ އެންމެންވެސް އެކި ގޮތްގޮތުން މި ކުށުގެ އަމަލު ހިންގުމުގައި ބައިވެރިވެފައިވާ ކަމަށެވެ.

އަދި ބީއެމްއެލްއަށް ލިބުނު ގެއްލުމުގެ ބަދަލު، ދައުވާ ލިބޭ މީހުންގެ އަތުން ނަގައިދިނުމަށް ކޯޓުގައި އެދިފައިވާނެ ކަމަށްވެސް އެ އޮފީހުން ބުނެފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.