ފައިނަލް ލިސްޓު ނެރެފި | 299,876 މީހުންނަށް ވޯޓު ލެވޭ

އީސީން އާންމު ކުރި ގޮތުގައި ޖުމްލަ 299،876 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބިގެންވެ އެވެ. އޭގެތެރޭގައި ހިމެނެނީ 144،506 އަންހެނުންނާއި 150،370 ފިރިހެނުންނެވެ.

އިންތިހާބެއްގައި ބަޔަކު ވޯޓްލާން ނުކުމެ ވޯޓް ލަނީ -- އީސީ

އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ފައިނަލް ލިސްޓު އިލެކްޝަން ކޮމިޝަން (އީސީ) އިން އާންމު ކޮށްފި އެވެ.

އީސީން އާންމު ކުރި ގޮތުގައި ޖުމްލަ 299،876 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބިގެންވެ އެވެ. އޭގެތެރޭގައި ހިމެނެނީ 144،506 އަންހެނުންނާއި 150،370 ފިރިހެނުންނެވެ.

ކައުންސިލް އިންތިހާބާއި އަންހެނުންގެ ކޮމެޓީތަކުގެ އިންތިހާނުގައި 225 ދާއިރާއަކަށް ޖުމްލަ 1،356 މެންބަރުން އިންތިހާބު ކުރާނެ އެވެ. އަދި މި އިންތިހާބުތައް ކުރިއަށް ގެންދިއުމަށް އަތޮޅުތެރެއާއި ރިސޯޓުތަކާއި ޖަލުތަކުގެ އިތުރުން މާލޭ ސަރަހައްދުގައި ޖުމްލަ 588 ވޯޓު ފޮށި ބަހައްޓާނެ އެވެ.

ކައުންސިލް އިންތިހާބުގައި 1،592 އަދި އަންހެނުންގެ ކޮމެޓީތަކުގެ އިންތިހާބުގައި 1،368 ކެންޑިޑޭޓުން ވާދަކުރެ އެވެ.

މި ދެ އިންތިހާބާއެކު ރައްޔިތުންގެ މަޖިލީސް އިންތިހާބާއި ރިޔާސީ އިންތިހާބު އެއް ދުވަހެއް ބޭއްވުމާމެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ވޯޓުވެސް ނަގާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.